ads
މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރުގެ ގޮތުގައި ހުންނެވި ހަސަން ޒިހާން
މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ސަރުކާރު އިމާރާތްތައް ރޯކޮށްލަން ގޮވި މައްސަލައެއް ބަލަނީ
މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ސަރުކާރު އިމާރާތްތައް ރޯކޮށްލަން ގޮވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
Advertisement

ރައީސް އޮފީހާއި، މަޖިލީހުގެ އިމާރާތާއި، ސުޕްރީމް ކޯޓުގައި ހުޅުޖަހަން ގޮވާލާފައިވަނީ އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި، މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަން އެވެ. 

އޭނާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ ރައީސް އޮފީހާއި ސުޕްރީމް ކޯޓާއި ރައްޔިތުން މަޖިލީހުގައި ހުޅު ނުޖަހަންވީ ކީއްވެތޯ އަހާފަ އެވެ. އަދި އެކަން ކުރުމުން ވަރަސް މަޖާވާނެކަމަށްވެސް އޭނާގެ ޕޯސްޓުގައި ވެއެވެ. 

އޭނާ މި ޕޯސްޓުކުރިތާ ގަޑިއިރެއް ފަހުން ވަނީ އެ ޕޯސްޓް ޑިލީޓްކޮށްފަ އެވެ.

your imageދައުލަތުގެ ތިން ބާރުގައި ރޯކޮށްލަން ގޮވާ ކުރި ޕޯސްޓް

ފުލުހުން ބުނީ ހަސަން ޒިހާން ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ޖެހި ސްޓޭޓަސްއެއް، އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި  އެކަމުގައި ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ. 

މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރުގެ ގޮތުގައި ހުއްޓާ ޒިހާން އެ މަގާމުން ވަކިކޮށްފައިވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ކުރި ޕޯސްޓުތަކާއި ގުޅިގެންނެވެ. އެކަމާއި ގުޅިގެން މަގާމުން ސަސްޕެންޑްކުރުމަށްފަހު ފަހުން ވަނީ ސަރުކާރުން ވަކިކޮށްފަ އެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް