ads
ކާއިނާތުން ފުރަތަމަ ފަހަރަށް ފެހި ކުލައިގެ ތަރިއެއް ހޯދައިފި
ތާރީހީ ހޯދުމެއް: ކާއިނާތުން ފުރަތަމަ ފަހަރަށް ފެހި ކުލައިގެ ތަރިއެއް ހޯދައިފި
ކާއިނާތުގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް، އިންސާނުންގެ ލޮލަށް ޙަޤީޤީ ފެހި ކުލައިގައި ފެންނަ ތަރިއެއް ފަލަކީ މާހިރުން ހޯދައިފި އެވެ.
Advertisement

 "WDJ1330+6435" ގެ ނަމުން ނަންދެވިފައިވާ މި ތަރިއަކީ ސައިންސްވެރިންގެ ބޮޑު ޝައުޤުވެރިކަމެއްމި ހާއްސަ ތަރި ހޯދާފައިވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ވާވިކްގެ ފަލަކީ މާހިރުންގެ ޓީމަކުންނެވެ. އުފެދިގެންދިޔަ މުހިންމު ހޯދުމެކެވެ

ފަލަކީ މާހިރުން ބުނާ ގޮތުގައި މިއީ "ވައިޓް ޑްވާފް" ނުވަތަ ހުދު ކުދި ތަރިންގެ ބަޔަށް ނިސްބަތްވާ ތަރިއެކެވެ. މިއީ އިންސާނާގެ އާދައިގެ ލޮލަށް ފެހި ކުލައިގައި ދިއްލޭ ތަރިއެއް ކާއިނާތުން ފެނުނު ފުރަތަމަ ފަހަރެވެ. އާއްމުކޮށް ތަރިތަކުން ފެންނަ ކުލަތަކާ ހިލާފަށް މި ތަރީގެ ކުލަ ތަފާތުވުމުން، ފަލަކީ ޢިލްމުވެރިން ވަނީ އެކަމުގެ ސަބަބުތައް ދިރާސާކޮށްފަ އެވެ

މި ތަރިއަށް ފެހި ކުލައެއް ލިބެން މެދުވެރިވި ސަބަބު ދިރާސާކުރި ކުރުމުން އެނގިފައިވަނީ، މި ތަރީގެ ވަށައިގެންވާ ބޯ ޖައްވުގައި ގިނަ އަދަދަކަށް ސޯޑިއަމް އެކުލެވިގެންވުމެވެ. މި ސޯޑިއަމްގެ ސަބަބުން ތަރިން ފޮނުވާ ރީނދޫ، އޮރެންޖު އަދި ރަތް ކުލައިގެ އަލި ދަމައިގަނެއެވެ. ނަތީޖާއެއްގެ ގޮތުން، އެ ތަރިން ބޭރަށް ފޮނުވާ އަލީގެ ތެރެއިން އިންސާނުންގެ ލޮލަށް ފެންނަނީ ފެހި ކުލައެވެ.

ޔުނިވަރސިޓީ އޮފް ވާވިކްގެ ސައިންސްވެރިން ހޯދި މި ހޯދުމަކީ ކާއިނާތުގައިވާ ތަރިތަކާއި އެ ތަރިތަކުގެ ޖައްވީ އެކުލެވުންތައް ދެނެގަތުމަށް ކުރެވޭ ދިރާސާތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. WDJ1330+6435 ތަރި ހޯދުމާއެކު، ކާއިނާތުގައި ފެހި ކުލައިގައި ދިއްލޭ ތަރިތައް ވުޖޫދުވާކަން މިވަނީ ސައިންސްގެ އަލީގައި ކަށަވަރުވެފަ އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް