ads
ބައިވެރިޔާ ދޮގުހަދައިފިނަމަ ކުލަ ބަދަލުވާ ސްމާޓް އަނގޮޓިއެއް
ބައިވެރިޔާ ދޮގުހަދައިފިނަމަ ކުލަ ބަދަލުވާ ސްމާޓް އަނގޮޓިއެއް
ބައިވެރިޔާ ދޮގުހަދާކަން ދެނެގަނެ، އެކަން އަންގައިދިނުމުގެ ގޮތުން ކުލަ ރަތްވާ ސްމާޓް އަނގޮޓިއެއް އުފައްދައިފި އެވެ.
Advertisement

މި އާ އީޖާދުގެ ބޭނުމަކީ މީހަކު ދޮގުހަދާ ވަގުތު، އެކަމާ ގުޅިގެން ހަށިގަނޑަށް އަންނަ ބަދަލުތައް ދެނެގަނެ، އެ އަނގޮޓި އަޅައިގެން ހުންނަ މީހާއަށް ވަގުތުން އިންޒާރު ދިނުމެވެ.

މި އަނގޮޓިއަކީ މީހަކު ވާހަކަދައްކަމުންދާ ވަގުތު، އެމީހާގެ ހަށިގަނޑަށް އަންނަ ކުދިކުދި ބަދަލުތައް ވަރަށް ފުރިހަމައަށް ބަލައި މޮނިޓަކުރާ ޑިވައިސެކެވެ. އެގޮތުން ވާހަކަދައްކާއިރު ހިތުގެ ވިންދު އަވަސްވާ މިންވަރާއި، ހަމުގެ ފިނިހޫނުމިނަށް އަންނަ ބަދަލުތައް މި އަނގޮޓިން ވަގުތުން ދެނެގަނެ އެވެ.

މީގެ އިތުރުން މީހާ ސްޓްރެސްވާ މިންވަރު ނުވަތަ ހާސްވާ މިންވަރު ދެނެގަތުމުގެ ގާބިލުކަން ވެސް މި ޓެކްނޮލޮޖީގައި ވަނީ ހިމަނާފަ އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި، މީހަކު ދޮގެއް ހަދާ ވަގުތު އާންމުކޮށް ހަށިގަނޑުގެ އެތެރޭގައި ހިނގާ މިފަދަ ޖަޒުބާތީ އަދި ޖިސްމާނީ ބަދަލުތަކަކީ އާދައިގެ ގޮތަކަށް ފާހަގަކުރަން އުނދަގޫ ކަންކަމެވެ. ނަމަވެސް މި ސްމާޓް އަނގޮޓީގެ ސެންސަރުތަކުން އެ ބަދަލުތައް ފަސޭހަކަމާ އެކު ދެނެގަންނާނެ އެވެ.

"މި ސިސްޓަމުން ދޮގުހެދުމާ ގުޅުންހުރި އެއްވެސް ބަދަލެއް ފާހަގަކުރެވިއްޖެނަމަ، އަނގޮޓީގެ ކުލަ ވަގުތުން ރަތްކުލައަށް ބަދަލުވާނެ،" މި އީޖާދާ ބެހޭ ގޮތުން ނެރުނު ރިޕޯޓުތަކުގައި ބުނެފައިވެއެވެ. މިގޮތަށް އަނގޮޓީގެ ކުލަ ބަދަލުވަނީ، ކުރިމަތީގައި ހުރި ބައިވެރިޔާ ހަދަނީ ދޮގެއްކަން އެ އަނގޮޓި އަޅައިގެން ހުރި މީހާއަށް ސާފުކޮށް އަންގައިދިނުމުގެ ގޮތުންނެވެ.

ދޮގުހަދާކަން އަންގައިދޭ މިފަދަ ވަސީލަތްތަކުގެ ސަބަބުން ދިރިއުޅުމުގެ ގުޅުންތަކަށް ކުރާނެ އަސަރުތަކާ މެދު ސޯޝަލް މީޑިއާގައި މިހާރު ވެސް ގިނަ ބަޔަކު އަންނަނީ ވާހަކަދައްކަމުންނެވެ. ބައެއް މީހުން މި އީޖާދަށް ތާއީދުކުރި ނަމަވެސް، އަނެއް ބަޔަކު ބުނަނީ މިއީ ދެމަފިރިންނާއި ލޯބިވެރިންގެ މެދުގައި އޮންނަ އިތުބާރު ގެއްލި، އިތުރު މައްސަލަތައް އުފެދުމަށް މެދުވެރިވާނެ ކަމެއް ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް