ފަން ރަން 2026 ގެ ހަރަކާތަކުގެތެރޭގައި:
• ކުޑަކުދިންގެ ހަވީރު (10 ޑިސެމްބަރު، 16:00 އިން 18:00 އަށް): ކުޑަކުދިންނާއި އާއިލާތަކަށް ހާއްސަކޮށްގެން ބާއްވާ މަޖާ ހަރަކާތްތަކެއް ހިމެނޭ ހަވީރެކެވެ.
• މިއުޒިކް ޝޯ (10 ޑިސެމްބަރު، 20:00 އިން 23:59 އަށް): ރާއްޖޭގެ މަގުބޫލު ބޭންޑުތަކުގެ ހުށަހެޅުންތައް ފެނިގެންދާނެ ފޯރިގަދަ ޝޯއެކެވެ.
• ފަން ރަން (11 ޑިސެމްބަރު، 15:45 އިން 18:00 އަށް): ކޮންމެ ކިލޯމީޓަރެއްގައި އިންފްލޭޓަބަލް ތަކާއި، ކުލަޖެހުމުގެ އިތުރުން، ފޯމް ޕާޓީ އާއި، ލަކީ ޑްރޯ އަދި ކާބޯތަކެތީގެ ސްޓޯލްތައް ހިމެނެ އެވެ.
މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް ދެ ކިޓެއްގެ ތެރެއިން ބޭނުންވާ ކިޓެއް އިހުތިޔާރު ކުރެވޭނެ އެވެ:
• ފަން ކިޓް - 210 ރުފިޔާ: ފަން ރަން ޓީޝާޓް، މަލްޓިޕާޕަސް ބަންޑާނާ، ދަބަސްއަދި އައިގްލާސް ހިމެނެއެވެ. މީގެ އިތުރުން 31 އޮކްޓޫބަރު 2026 ގެ ކުރިންރަޖިސްޓްރީވާ ފަރާތްތަކަށް އެއްވެސް އިތުރު އަގަކާ ނުލައި ބިބްގައި ބައިވެރިންބޭނުންވާ ނަމެއް ޖެހުމުގެ ފުރުސަތު ލިބޭނެ އެވެ.
• ސްޓޭންޑަޑް ކިޓް - 110 ރުފިޔާ: ފަން ރަން ޓީޝާޓް، މަލްޓިޕާޕަސް ބަންޑާނާ އަދި ބިބް ހިމެނެ އެވެ.
މި އަހަރުގެ ފަން ރަންގައި ރަޖިސްޓްރީވުމުގެ ފުރުސަތު، ނޮވެމްބަރު ހަތް ވަނަ ދުވަހުގެ 23:59 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި އަދި އެންމެ ކުލަގަދަ މި ދުވުން މިއަހަރު އޮންނާނީ ޑިސެމްބަރު 11 ވާ ހުކުރު ދުވަހު ހުޅުމާލޭގަ އެވެ.
މިދިޔަ އަހަރު ހުޅުމާލޭގައި ބޭއްވި މި ދުވުމުގައި 7،500 އަށްވުރެ ގިނަ މީހުން ބައިވެރިވެ ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.
ރަޖިސްޓްރީވުމަށާއި ކިޓް ގަތުމުގެ ފުރުސަތު މި ލިންކް މެދުވެރިކޮށް ލިބޭނެ އެވެ.