ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިޔާމް ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ފުވައްމުލައް ސިޓީންނެވެ.
އެމެރިކާގެ ނޭވަލް އެކެޑެމީން މަތީ ތައުލީމު ހާސިލުކޮށް، އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓެއްގެ ގޮތުގައި މަސައްކަތްކުރި ޒިހާން ސިފައިންގެ ހިދުމަތުން ވަކިކުރީ ނިމިދިޔަ ސަރުކާރުގެ ފަހުކޮޅެވެ. އޭރު އޭނާގެ ގާތް ފަރާތްތަކުން ބުނެފައިވަނީ އޭނާ ސިފައިންގެއިން ވަކިކުރީ އޭރުގެ ސަރުކާރަށް ފާޑުކިޔުމާ ގުޅިގެން ކަމަށެވެ.
އޭގެ ފަހުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އޭނާއަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމު ދެއްވިއެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެ މަގާމުން ވެސް ވަކިކޮށްފަ އެވެ.
ރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ބަޔާންކުރާ ގޮތުގައި، ޓެރަރިޒަމްގެ އެފަދަ އަމަލުތަކަށް ހިތްވަރު ދިނުމަކީ ޖިނާއީ ބޮޑު ކުށެކެވެ. އަދި އެފަދަ ކުށެއް ސާބިތުވެއްޖެ ނަމަ، 10-15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.