ads
ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރަސްމީކޮށް މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތުގައި ބޮޑުވަޒީރު ޝެހްބާޒް ޝަރީފްއާ ސަލާންކުރައްވަނީ.
ރައީސް މުއިއްޒަށް ޕާކިސްތާނުން ރަސްމީކޮށް މަރުހަބާ ދަންނަވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ޕާކިސްތާނުން ރަސްމީކޮށް މަރުހަބާ ދަންނަވައިފި އެވެ.
Advertisement

ރަސްމީކޮށް މަރުޙަބާ ދަންނަވާފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފް އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އާއި އެ ގައުމުގެ އިސްވެރިންގެ ފަރާތުން ރައީސް މުއިއްޒަށް މަރުހަބާ ދެންނެވީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ދެންމެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. 

ރައީސް މުއިއްޒަށް މަރުހަބާ ދެންނެވުމުގެ ގޮތުން އެ ގައުމުގެ ސިފައިން ވަނީ ޝަރަފުގެ ގާޑެއް އަރުވައިފަ އެވެ. 

މާދަމާގެ ނިޔަލަށް ކުރައްވާ މި ތާރީހީ ދަތުފުޅާ ގުޅިގެން 12 ވަރަކަށް އެމްއޯޔޫގައި ރާއްޖެ އާއި ޕާކިސްތާނުން ސޮއިކުރާނެ އެވެ. އޭގެ ތެރޭގައި ވިޔަފާރި އާއި އިންވެސްޓްމެންޓް، ސިއްހަތު، ތައުލީމު، ކްލައިމެޓް ޗޭންޖް، ޓޫރިޒަމް، ސިވިލްއޭވިއޭޝަން، ދިފާއީ އަދި އަސްކަރީ ދާއިރާއިން އެއްބާރުލުން އިތުރުކުރުން އެއްބަސްވުންތައް ހިމެނެ އެވެ.

މި ދަތުރުފުޅަކީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ރައީސަކު، ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައި މިވަނީ، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތުގަ އެވެ. ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނީ 26 ޖުލައި 1966 ގައެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް