މި ތޫފާނުގެ ބާރު ނުހަނު އަވަސް މިނެއްގައި ގަދަވެގެން ދިއުމާ ގުޅިގެން، މެކްސިކޯގެ ކަމާބެހޭ އިދާރާތަކުން ވަނީ އެކި ސަރަހައްދުތަކުގައި އާންމުކޮށް ކުއްލި ނުރައްކަލުގެ އިންޒާރުތައް ނެރެފައެވެ.
އަދި އައްސޭރިފަށުގެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ސަމާލުވެ ތިބުމަށް އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. މި ތޫފާނާއެކު އަންނަމުންދާ ބޯ ވާރޭގެ ސަބަބުން ފެންބޮޑުވުމުގެ ނުރައްކާ ބޮޑުވެފައިވާއިރު، ކަނޑުގެ ނުރައްކާތެރި އުދައާއި ރާޅުތަކުގެ ސަބަބުން އައްސޭރިފަށުގެ ސަރަހައްދުތަކަށް ވަނީ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފަ އެވެ.
މިއާއެކު، މި ތޫފާނަށް "ވާންސް" ގެ ނަމުން ނަންދެވިފައިވަނީ އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވާންސްގެ ނަމާ އެއްގޮތަށް ކަމަށްވުމުން، މީސްމީޑިއާގައި މިކަމާ ގުޅޭގޮތުން ގިނަ ބަޔަކު ދަނީ ވަރަށް ފުޅާދާއިރާއެއްގައި ވާހަކަދައްކައި ހިޔާލު ބަދަލުކުރަމުންނެވެ.