ads
ނަތަންޔާހޫ
އަހަންނަށް ކަލޭ މޮންސްޓަރަކަށް ބަދަލުކޮށްލެވިދާނެ: ނަތަންޔާހޫ
ޓެކްނޮލޮޖީ އާއި މެދުނުކެނޑި އެއް ވާހަކައެއް ތަކުރާރުކޮށް ދެއްކުމުގެ ބާރު ބޭނުންކޮށްގެން، އާންމުން ކަންކަން ގަބޫލުކުރާ ގޮތް ބަދަލުކޮށްލެވިދާނެ ކަމަށް އިޒްރޭލުގެ ޕްރައިމް މިނިސްޓަރު ބެންޖަމިން ނަތަންޔާހޫ ދެއްކި ވާހަކަތަކަކާ ގުޅިގެން ބޮޑު ބަހުސެއް އުފެދިއްޖެ އެވެ.
Advertisement

އެމެރިކާގެ މަޝްހޫރު ޓީވީ ޕްރޮގްރާމެއް ކަމަށްވާ "60 މިނިޓްސް" އަށް ދިން އިންޓަވިއުއެއްގައި ނަތަންޔާހޫ ވަނީ މިކަން އަމަލީ ގޮތުން ދައްކަން މަސައްކަތްވެސް ކޮށްފައެވެ. އެގޮތުން ސީބީއެސްގެ ކަރެސްޕޮންޑެންޓް މޭޖާ ގެރެޓްގެ ފޯނު އަތުލެއްވުމަށްފަހު، އެހެން މީހެއްގެ އަގުވައްޓާލުމަށް ޓެކްނޮލޮޖީ ބޭނުންކުރެވިދާނެ ގޮތް އޭނާ ކިޔައިދިނެވެ. 

ނަތަންޔާހޫ ބުނީ، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކޮންމެ މީހަކީވެސް "މޮންސްޓަރެއް" ނުވަތަ ނުރައްކާތެރި މީހެއްގެ ގޮތުގައި ދެއްކިދާނެ ކަމަށެވެ. އަދި އެއް ވާހަކައެއް ތަކުރާރުކޮށް ގިނަ ފަހަރަށް ދައްކައިފިނަމަ، އެއީ ތެދެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރަން ފަށާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

"އަހަންނަށް ކަލޭ މޮންސްޓަރަކަށް ބަދަލުކޮށްލެވިދާނެ. އަދި އެ ވާހަކަ ތަކުރާރުކޮށް ދައްކައިފިނަމަ، އެތައް ބަޔަކު އެކަން ގަބޫލުކުރާނެ،" ގެރެޓްގެ ފޯނު ދައްކަވަމުން ނަތަންޔާހޫ ބުންޏެވެ. 

ނަތަންޔާހޫގެ މި ވާހަކަތަކާ ގުޅިގެން، ޑިޖިޓަލް ސަވައިލެންސް އާއި ދޮގު މައުލޫމާތު ފެތުރުމުގެ ނުރައްކަލާ މެދު އަނެއްކާވެސް ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ. އަދި ޓެކްނޮލޮޖީގެ އެހީގައި އާންމުންގެ ވިސްނުން ކިހާ ފަސޭހައިން ބަދަލުކޮށްލެވިދާނެ ކަމާމެދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ދަނީ ބަހުސްކުރެވެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް