އެއީ ރާއްޖެ ރުފިޔާއިން ބަލާނަމަ 233,162 ރުފިޔާއަށް ވުރެ ބޮޑު އަދަދެކެވެ. މި ބޭސްތައް ރާއްޖެއާ ރަސްމީކޮށް ހަވާލުކޮށްދެއްވީ ލަންކާގެ ސިއްހީ ޑރ. ނަލިންދަ ޖަޔަތިއްސައެވެ. ރާއްޖޭގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދުއެވެ.
ލަންކާގެ މީޑިއާތަކުން ބުނީ، މި އެހީ ފޯރުކޮށްދިނުމުގައި ލަންކާގެ މެޑިކަލް ސަޕްލައިޒް ޑިވިޝަނާއި، ސްޓޭޓް ފާމަސޫޓިކަލް މެނުފެކްޗަރިން ކޯޕަރޭޝަންގެ އިތުރުން އެ ގައުމުގެ ޗޭމްބަރު އޮފް ފާމަސޫޓިކަލް އިންޑަސްޓްރީން ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ.
މި އެހީއާ ގުޅިގެން ސަފީރު މަސްއުދު އިމާދު ވަނީ، އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސާނަޔަކައަށް ޝުކުރު އަދާކުރައްވައިފަ އެވެ.
މިދިޔަ މެއި މަހުގެ ތިން ވަނަ ދުވަހުން ހަވަނަ ދުވަހަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި އެވެ. އެ ދަތުރުފުޅު ކުރެއްވީ، ލަންކާގެ ރައީސް ދިސާނަޔަކަގެ ދައުވަތަކަށެވެ. މި ދަތުރުފުޅުގެ ތެރެއިން ކޮޅުނބުގައި ބޭއްވި ރަސްމީ މަޝްވަރާތަކުގައި ސިއްހީ ދާއިރާ ކުރިއެރުވުމަށް ދެ ގައުމުން ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފަ އެވެ. އަދި ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފަ އެވެ.