މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ލ އަތޮޅަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ އަންހެނެކެވެ.
އޭނާގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތަކީ އާއްމު މަސްލަހަތަށް ގެއްލުންވާ އަމަލެއް ކުރުމެވެ. މި މިހާ ބަންދުގެ އަމުރުގައިވާ ގޮތުން ފުލުހުން މީނާ ހައްޔަރުކުރީ އާއްމު ތަނެއްގައި ގާބުރިއެއް ހިފައިގެން އުޅެނިކޮށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ކޯޓް އަމުރަކުން ނޭނގެއެވެ.
މި މީހާހަށް ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާދީފަ އެވެ. އަދި މީ ކުށުގެ ރިކޯޑްތައް ގިނަ އަންހެނެއްކަންވެސް ކޯޓު އަމުރުން އެނގެއެވެ. އެހެންވަ ބަންދުގެ މުއްދަތު ޖެހީ މީނާގެ ކުށުގެ ރެކޯޑުތަކަށް ބަލާއިރު ކުށް ތަކުރާރުކޮށް މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ޓަކައިކަމަށް ކޯޓު އަމުރުގައިވެއެވެ.