ads
ފޮޓޯ: އެމްއައިބީ
އެމްއައިބީ އޭޖީއެމް އަންނަ މަހު 10 ގައި
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ މިއަހަރުގެ ފުރަތަމަ ހާއްސަ އާއްމު ޖަލްސާ (އޭޖީއެމް) އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވަން ނިންމައި އިއުލާނުކޮށްފި އެވެ.
Advertisement

މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ އޮންލައިން ޕްލެޓްފޯމް "ފަހިވޯޓު" މެދުވެރިކޮށް ބާއްވަން ހަމަޖެހިފައިވާ އެ ޖަލްސާ އޮންނާނީ އެ ދުވަހު ހެނދުނު 10:30ގަ އެވެ. 

ބޯޑަށް ނޮމިނީ ޑިރެކްޓަރަކު އައްޔަންކުރުމާއި، ބޭންކުގެ އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބު ކުރާ ޑިރެކްޓަރަކު އައްޔަންކުރުން އެ ޖަލްސާގެ އެޖެންޑާގައި އެވެ.

މި ޖަލްސާގައި ބައިވެރިވެ، ވޯޓު ދިނުމުގެ ފުރުސަތު ލިބޭނީ މިއަދުގެ މެންދުރު 2 އާ ހަމައަށް ބޭންކުގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނޭ މީހުންނަށެވެ.

ޖަލްސާގައި ބައިވެރިވާން އެދޭ، ޝަރުތުހަމަވާ ހިއްސާދާރުން ޕޯޓަލް  މެދުވެރިކޮށް ނުވަތަ އެމްއައިބީގެ އިންވެސްޓާ ރިލޭސަން ވެބްސައިޓަށް ރަޖިސްޓްރޭޝަން ފޯމު އީމެއިލްކޮށްގެން ރަޖިސްޓްރީ ކުރެވޭނެ އެވެ. އަންނަ މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު 10:30 ވަންދެން އީޖީއެމްއަށް ރަޖިސްޓްރީ ކުރެވޭނެ އެވެ. ރަޖިސްޓްރޭޝަން ފޯމު ބޭންކުގެ އިންވެސްޓަ ރިލޭޝަންސް ވެބްސައިޓް އިން ލިބެން ހުންނާނެ އެވެ. 

އީޖީއެމްގައި ބައިވެރިވުން ފަސޭހަކުރުމުގެ ގޮތުން، ޝަރުތުހަމަވާ ހިއްސާދާރުން ސުންގަޑި ހަމަވުމުގެ ކުރިން ރަޖިސްޓްރޭޝަން ފުރިހަމަކުރުމަށް އެމްއައިބީން އެދެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް