ads
ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕް ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް
މި ސަރުކާރުން ކޮންކަމެއްތޯ ރައްޔިތުންނަށް ނުކޮށްދެނީ، ކުރިކަމެއް ކުރީ މި ސަރުކާރުން: ފަލާހް
ރައްޔިތުންނަށް ކޮން ދިންކަމެއް ކޮށްދިނީ މި ސަރުކާރުންކަމަށާއި އެމްޑީޕީއަސް އިތުރަސް ވެރިކަން ލިބުނުނަމަ ދިވެހިން ތިބޭނީ ކަނު އަނދީރީގައިކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު، އިނގިރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެ އެވެ.
Advertisement

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށައެޅި އިސްލާހުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެމްބަރު ފަލާހް ވިދާޅުވީ ރައްޔިތުންނަސް ހެޔޮ އެދިގެން ސަރުކާރަކުން ކޮންދިންކަމެއް ކޮށްދިނީ މި ސަރުކާރުންކަމަށެވެ. އެގޮތުން 2023 ގެ އިންތިހާބުން އެމްޑީޕީ މޮޅުވި ނަމަ ދިވެހިން ތިބޭނީ ނުކައި ނުބައިކަމަށް ވިދާޅުވެ މި ސަރުކާރުން ރައްޔިތުންނަށް ކޮންކަމެއްތޯ ނުކޮށްދެނީ ފަލާހް ވަނީ ސުވާލުކުރައްވާފަ އެވެ. 

" މި ސަރުކާރުން ކޮންކަމެއްތޯ ރައްޔިތުންނަށް ނުކޮށްދެނީ.. މިދިޔަ އެމްޑީޕީ ސަރުކާރުން ރައްޔިތުންނަށް ކަމެއް ކޮށްނުދެވުނީމަ ނޫންތޯ ރައްޔިތުން އެމްޑީޕީ ވެރިކަމުން ބާލާ އެތިބީ ދުރަށްލާފައި. ދެން އައި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި 12 މެމްބަރުން އެމްޑީޕީއަށް ދިނީވެސް އެމްޑީޕީއަށް ކަމެއް ނުކޮށްދެވުނީމަ ނޫންތޯ. ކަންތައްތައް ކޮށްދެވުނު ކަމަށް ރައްޔިތުން މި ގަބޫލުކުރަނީ އަޅުގަނޑުމެންގެ ފިކުރަށް" ފަލާހް ވިދާޅުވި އެވެ.

ފަލާހް ވިދާޅުވީ ދާދީފަހުން ފިޗްގެ ރޭޓިން އިންވެސް ރާއްޖެ މައްޗަސް ޖެއްސީ މި ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދޭތީކަމަށެވެ. އަދި އެމްޑީޕީއާ އޭގެ ކުރީ ސަރުކާރުތަމުން ނަގާފައިވާ އެތައް މިލިއަން ޑޮލަރެއްގެ ދަރަނިވެސް ދެއްކީ ދާދި މިދާކަށް ދުވަހުކަން ފަލާހް ފާހަގަކުރެއްވި އެވެ. އެމްޑީޕީ ވެރިކަމުން ދިޔައިރު ކާނެ ކާޑާއި ތެކާ ގަންނާނަވަރުވެސް ދައުލަތުގައި ނެތްކަމަށް ފަލާހް ވިދާޅުވި އެވެ. 

" އެމްޑީޕީއަށް 2023 ގައި ވެރިކަން ލިބުނު ނަމަ މިއަދު ރައްޔިތުން ތިބޭނީ ކަނު އަނދިރީގައި ނުކައި ނު ބޮއެ. " ފަލާހް ވިދާޅުވި އެވެ.

އެހެންވެ އެމްޑީޕީން ދައްކާ ވާހަކަތައް ރައްޔިތުން ގަބޫލުނުކުރާނެކަމަށްވެސް ފަލާހް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް