ads
ބާބާ ގާޑިޔާ ހިންގާ އަތީގެ އޭނާގެ ގާޑިޔާގައި މަޑުކޮށްލައިގެން
މަޝްހޫރު ބާބާ ގާޑިއާގެ ވެރިޔާ އަށް ހާޓްއެޓޭކެއް ޖެހި މާލެ ގެނެސް ފަރުވާ ދެނީ
ފުވައްމުލަކުން މަޝްހޫރުވި ބާބާ ގާޑިއާގެ ވެރިޔާ ހަސަން އަތީގަށް ހާޓްްއެޓޭކެއް ޖެހި މާލެ ގެނެސް ފަރުވާދޭން ފަށައިފި އެވެ.
Advertisement

އަތީގުގެ އެކުވެރިޔަކު އެފްބީގައި ކުރި ޕޯސްޓެއްގައި ބުނީ އިއްޔެ މެންދުރުފަހު އަތީގުގެ މެޔަށް އާދަޔާ ހިލާފަށް ތަދުވާން ފަށާ މީހާ ދާހިއްލަން ފެށުމުން އޭނާ ފުވައްމުލަކު ހޮސްޕިޓަލަށް ދިޔަ ކަމަށެވެ. 

އަދި އެ ހޮސްޕިޓަލުން ހެދި ޓެސްޓުން ހާޓްއެޓޭކް ޖެހިފައިވާކަން އެނގުނުކަމަށާއި އަދި ވަގުތުން އޭނާގެ ފަރުވާ ފެށިކަމަށެވެ. ފުވައްމަުލަކު ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު މިއަދު ފަތިހު މާލެ ގެނެސް މިހާރު އަތީގަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގައިކަމަށްވެސް އެމީހާގެ ޕޯސްޓުގައި ވެއެވެ. 

ފުޑް ޓްރަކެއްގައި ހިންގާ ބާބާ ގަޑިޔާގެ ވިޔަފާރި އެންމެ ފުރަތަމަ ފެށީ ފުވައްމުލަކުގައެވެ. އޭގެފަހުން އެ ގާޑިޔާގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާ މިދިޔަ އަހަރުގެ މޯލްޑިވްސް އެކްސްޕޯގައި މާލެ ގެނެސް މާލޭގައިވެސް ވަނީ ވިޔަފާރިކޮށްފަ އެވެ. ޝަވަރުމާއަށް މަޝްހޫރު އެ ގާޑިޔާއިން މިދިޔަ އެކްސްޕޯގެ އެންމެ ފަހު ރޭ ވިޔަފާރިކޮށްގެން ލިބުނު ފައިސާއިން 20،000 ރުފިޔާ ވަނީ ފަލަސްތީނަށް ހަދިޔާކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް