މި މައްސަލަ އުފެދިގެން ދިޔައީ އެމްބާޕޭ އެފަދައިން ވާހަކަދައްކާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާ ގުޅިގެންނެވެ.
އާންމުވި ވީޑިއޯގައި އެމްބާޕޭ މާއޯ ޒެޑޮންގާ ގުޅުވައިގެން އެފަދަ އިބާރާތެއް ބޭނުންކޮށްފައިވުމުން، ޗައިނާގެ ގިނަ ބައެއްގެ ނުރުހުން ވަނީ އޭނާއަށް ވަރަށް ބޮޑަށް އަމާޒުވެފައެވެ. މި ހާދިސާއާ ގުޅިގެން ޗައިނާގެ މައިގަނޑު އަދި ބޮޑެތި ވިޔަފާރި ބްރޭންޑްތަކުން ވަނީ އެމްބާޕޭއާއެކު ވެވިފައިވާ އަގުބޮޑު ސްޕޮންސަރޝިޕް އެއްބަސްވުންތައް ވަގުތުން ބާތިލުކޮށް، އޭނާއާއެކު އޮތް ގުޅުންތައް ނިމުމަކަށް ގެނެސްފަ އެވެ.
މީގެ އިތުރުން، ފްރާންސްގެ މި ކުޅުންތެރިޔާގެ ވާހަކަތަކާ ގުޅިގެން ޗައިނާގެ ދައުލަތުގެ ޓީވީން ސްޕެނިޝް ލާ ލީގާ މެޗުތައް ދެއްކުން ވެސް ސަސްޕެންޑްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިއީ އެމްބާޕޭ ދެއްކި ވާހަކަތަކުގެ ނަތީޖާއެއްގެ ގޮތުން ޗައިނާގެ މީޑިއާއިން އަޅާފައިވާ ވަރަށް ހަރުކަށި ފިޔަވަޅެކެވެ.
މި ހާދިސާގެ ސަބަބުން ދުނިޔޭގެ އެންމެ މަޝްހޫރު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ ކިލިއަން އެމްބާޕޭއަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހިފައިވާއިރު، ޗައިނާގައި އޭނާއަށް އޮތް މަގުބޫލުކަމަށް ވެސް ވަނީ ބޮޑު ނޭދެވޭ އަސަރެއް ކޮށްފަ އެވެ.
މި މައްސަލަ އުފެދުނީ އިންޓަނެޓުގައި އާންމުވި ވީޑިއޯއެއްގައި އެމްބާޕޭ ވާހަކަދައްކަމުން، އިންޓަނެޓުން އޭނާ އަށް ފެނުނު އެންމެ މަޖާ ޕޯސްޓަކަށް އަކީ އޭނާގެ މޫނު "ޗައިނާގެ ޑިކްޓޭޓަރެއްގެ" މޫނުމަތީގައި ޖައްސާފައިވާ ޕޯސްޓެއް ކަމަށެވެ.
މިއީ މާއޯ ފޮޓޯއަކަށް އެމްބާޕޭގެ މޫނު އެޑިޓްކޮށްގެން ހަދާފައިވާ މީމްއަކަށް ނިސްބަތްކޮށް އޭނާ ދެއްކި ވާހަކައެކެވެ.
މި ވީޑިއޯ އާންމުވުމާ އެކު ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'ވޭބޯ' ގައި އެމްބާޕޭއަށް ވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފާ އެވެ. އަދި ޗައިނާގެ އެންމެ ބޮޑު ފުޓްބޯޅަ މީޑިއާ 'ޑޮންގްކިއުޑީން ވެސް ވަނީ އެމްބާޕޭގެ މިއަމަލަކީ ޗައިނާގެ ރައްޔިތުންނަށް ކުރެވުނު ފުރައްސާރައެއް ކަމަށް ބުނެފާ އެވެ.
އުމުރުން 27 އަހަރުގެ އެމްބާޕޭއަކީ މީގެ ކުރިން ޗައިނާގެ ސަޕޯޓަރުންގެ މެދުގައި ވަރަށް މަގުބޫލު ކުޅުންތެރިޔެކެވެ. ނަމަވެސް މި ހާދިސާއާ އެކު ރެއާލް މެޑްރިޑްގެ ފޯވާޑް މަގުބޫލުކަމަށް، ޗައިނާގައި ލޮޅުން އަރާފައިވާ ކަމަށް އޭއެފްޕީން އެވެ.
ޗައިނާގެ ސްޕޮންސަރުންތަކެއް ގެއްލުމާއި އެ ގައުމުގެ އާންމުންގެ ގިނަ ބައެއްގެ ފާޑުކިޔުމާ ހުރެ، އެމްބާޕޭ ވަނީ އޭނާ އަށް ދެއްކުނު ވާހަކަތަކާ މެދު މައާފަށް އެދިފަ އެވެ