ދައުލަތުގެ ހިންގުމުގެ އޮނިގަނޑު ގައި ހުރި މައްސަލަތަކުގެ ކަންބޮޑުވުން އަލީ ފާޅު ކުރެއްވިއިރު، ގާނޫނު އަސާސީ އިސްލާހުކޮށް ދައުލަތް ހިންގުމުގެ އޮނިގަނޑު އަލުން ތަރުތީބު ކުރުމަށް ގެނެވިދާނެ ބައެއް އިސްލާހުތައް "އެދޭ ރާއްޖެ" ހަރަކާތުން މީގެ ކުރިން ވަނީ ރައްޔިތުންގެ ހިޔާލަށް ދޫކޮށްލައިފަ އެވެ.
މިހާރު ހުރި މައްސަލަތައް ހައްލުކުރުމަށް ގާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ބުނާ ރައްޔިތުންގެ ބާރު ގައި "ކިކް" ކުރެވެން ޖެހެ އެވެ. ބޮޑުވަޒީރު ހުންނެވިޔަސް އަދި ރައީސުލްޖުމްހޫރިއްޔާ ހުންނެވިޔަސް އިހްލާސްތެރިކަާއި ތެދުވެރި ނިޔަތުގައި ރައްޔިތުންގެ ބާރު "ޕްރެކްޓިސް" ކުރަން ފުރުސަތު ނުލިބޭ ނަމަ ދެން ވެސް ފެންނަނީ މާޒީން ފެންނަމުންދިޔަ ފަދަ "ބައިގަނޑެއް"ގެ ހިންގުމެކެވެ.
އޭރުން އަނެއްކާ ވެސް ނިކުންނަށް ޖެހޭނީ އިއްޔެ ވެސް އަދި މިއަދު ވެސް ކުރަމުންދާ ހެޔޮ ހިންގުމެއް ހޯދުމުގެ މަސައްކަތެވެ. އެހެންކަމުން ދެން ނިކުންނަންވީ ގިނަ ބައެއްގެ އަތުގައި ބާރުގެ ތިލަފަތް ގިނަ ވަގުތު އޮންނާނެ ގޮތެއް ހޯދުމަށެވެ. ބޮޑެތި ކަންކަން ނިންމުގައި ރައްޔިތުންގެ ރުހުން ހޯދަން ލާޒިމް ކުރުމަށެވެ. ރައީސާއި މަޖިލީހުގެ މެމްބަރުން ވެސް ވަކި ކުރުމުގެ ސީދާ ބާރު ރައްޔިތުންގެ އަތުގައި އަބަދު ވެސް އޮންނާނެ އޮނިގަނޑެއް ހޯދުމަށް ދޯ އެވެ.
ހިންގުމުގެ އޮނިގަނޑެއް އެކަށައަޅައި، ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުންކަން ޔަގީން ކުރުމަށް ގާނޫނު އަސާސީގައި ހިމެނުމަށް ގޮވާލާ މައިގަނޑު އެއް ކަންކަމަކީ "ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ނިންމުންތައް ރިވައިޒް ކުރަން އެންގުމުގެ ދުސްތޫރީ ބާރުވެރިކަން ރައްޔިތުންނަށް ހޯދުން"
ހުށަހެޅުން:
ނަތީޖާ:
އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ.
އިސްލާމް ދީނީގެ ދައުވަތު ފެތުރުމުގައި މަސައްކަތް ކުރަމުން އަންނަ އަލީ ރަމީޒު ފޭސްބުކްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ މި ގައުމަށް ޖެހިފައިވާ އެންމެ ބޮޑު މުސީބާތަކީ ވެރިކަމަށް އަންނަ ކޮންމެ މީހަކަށް މި ގައުމަކީ އޭނާގެ ބައްޕަގެ ތަރިކަ މުދާ ގަނޑެއްގެ ގޮތުގައި ގަބޫލުކުރެވުން ކަމަށެވެ.
އަލީ ރަމީޒު މިމޭރުން ވާހަކަ ދައްކާފައި މިވަނީ ރަސްމާލެއިން 500 ހެކްޓަރު ބިން 99 އަހަރަށް ދުބާއީގެ ހިލްސް ކުންފުންނަށް ދޭން ސަރޔުކާރުން ނިންމާފައިވާތީ އެކަމާއި ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުން ދާ ދަނޑިވަޅެއްގައެވެ. އެގޮތުން އެ ކުންފުންޏަށް ރަސްމާލެއިން ބިން ދިނުމުން ރާއްޖޭގައި ޔަހޫދީންނަށް ވަޒަންވެރިވާން މަގު ހުޅުވޭކަމަށް ބުނެ ދީނީ ބައެއް އިލްމުވެރިންވެސް އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
އެހެންނަމަވެސް މި ތުހުމަތުތަކަށް ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ. ސަރުކާރުން ބުނަމުން އަންނަނީ ރަސްމާލެއިން އީގަލްސް ހިލްސްއަސް ދޭ ބިމުގައި ޔަހޫދީން ވަޒަންވެރި ނުކުރުވޭނެކަމަށާއި އެ ބިމުގައިވެސް ހިންގާނީ ދިވެހި ގާނޫނުތައް ކަމަށެވެ. އެގޮތުން އެތަނުން ބިން ގަންނަން މިހާރުވެސް ހުށައަޅަމުން އަންނަނީ އަރަބި މުސްލިމުންކަމަށައި އެތަނުގައި ދިރިއުޅޭބީ އަރަބިންނާއި ދިވެހިންކަމަށް ދާދީ ފަހުން ރައީސް މުއިއްޒުވެސް ވަނީ ވިދާޅުވެފަ އެވެ.