މި ޕްރޮގްރާމް ތައާރަފްކޮށްފައިވަނީ މިއަދު ދިރާގުގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
މި ބައްދަލުވުމުގައި، މާލެ، ހުޅުމާލެ އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރާގުން ބަހައްޓާފައިވާ ދޮރުތަކުގެ ހަގީގަތް ވަނީ ހާމަކޮށްފަ އެވެ.
ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު މި ދޮރުތަކަކީ، އެލީޓްކްލަބް+ މެދުވެރިކޮށް ދިރާގުގެ ކޮންމެ މޮބައިލް ކަސްޓަމަރަކަށް ވެސް ލިބިގެންދާނެ ފުރުސަތުތަކާއި ފައިދާތަކުގެ ރަމްޒެކެވެ.
ދިރާގުން މިއަދު ތައާރަފްކުރި އެލީޓްކްލަބް+ ލޯޔަލްޓީ ޕްރޮގްރާމާ އެކު ކަސްޓަމަރުންގެ ދިރިއުޅުމުގެ އެކި ކަންކަމަށް އިތުރު ފުރިހަމަކަމާއި ފައިދާ ލިބިގެންދާނެ އެވެ.
މި ޕްރޮގްރާމްގެ ދަށުން ރީލޯޑްކުރުމުން، ބިލަށް ފައިސާދެއްކުމުން އަދި އެޑް-އޯން ފަދަ ހިދުމަތްތައް ނެގުމުން ޕޮއިންޓް ލިބޭނެ ކަމަށާއި މި ޕޮއިންޓް ސިސްޓަމްގެ މައްޗަށް ބިނާކޮށް ހަތަރު ޓިއާއެއްގެ ދަށުން މެންބަޝިޕް ކާޑު ލިބޭނެ؛ މީގެ ތެރޭގައި ބްރޮންޒް، ސިލްވަ، ގޯލްޑް އަދި ޕްލެޓިނަމް ހިމެނޭ ކަމަށް ދިރާގުން ވަނީ ހާމަ ކޮށްފައި އެވެ.
މީގެ އިތުރުން ޓިއާ މަތިވާ ވަރަކަށް އިތުރު ޑިސްކައުންޓްތަކާއި ފައިދާތައް ލިބޭނެ ކަމަށާއި ލިބިފައިވާ ޕޮއިންޓްތައް ރިޑީމްކޮށްގެން އިތުރު ޑޭޓާ، ބިލް ޑިސްކައުންޓް، ގިފްޓް ކާޑު އަދި އެލީޓްކްލަބް+ ޕާޓްނަރުންގެ ފަރާތުން ރިވޯޑުތައް ހޯދުމުގެ ފުރުސަތު ފަހިވާނެ ކަމަށް ދިރާގުން ވަނީ ބުނެފައި އެވެ.
ދިރާގުގެ އެލީޓްކްލަބްގެ މެންބަރުންގެ ގޮތުގައި މިހާރު ތިބި ކަސްޓަމަރުން އޮޓޮމެޓިކުން އެލީޓްކްލަބް+އަށް އެންރޯލްވާނެ އެވެ.
އެހެން މޮބައިލް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް، އެލީޓްކްލަބް+ ބެނާ މެދުވެރިކޮށް ފަސޭހަކަމާ އެކު މި ޕްރޮގްރާމްގައި ބައިވެރިވެވޭނެ އެވެ.
މިއާ އެކު، ދިރާގު އެލީޓްކްލަބް+ގެ ހުރިހާ ކަސްޓަމަރުންނަށް ވެސް މި ޕްލެޓްފޯމަށް މަރުހަބާކިޔުމުގެ ގޮތުން ދިރާގުން 100 ޕޮއިންޓް ދޭނެ އެވެ.