ads
ގިނަ ޤައުމުތަކެއްގެ ޑިޖިޓަލް ބޯޑުތައް ހެކްކޮށް ބޭއަދަބީ މަންޒަރުތައް ދައްކައިފި
ސައިބާ ހަމަލާއެއް: ގިނަ ގައުމުތަކެއްގެ ޑިޖިޓަލް ބޯޑުތައް ހެކްކޮށް ބޭއަދަބީ މަންޒަރުތައް ދައްކައިފި
ދުނިޔޭގެ ތަފާތު އެކި ޤައުމުތަކުގައި ބަހައްޓާފައިވާ ބޮޑެތި ޑިޖިޓަލް އެލްއީޑީ ބޯޑުތަކަށް އަމާޒުކޮށްގެން ރޭވުންތެރި ސައިބަރ ހަމަލާތަކެއް ދީފި އެވެ.
Advertisement

މި ހަމަލާތަކުގައި އެކި ޤައުމުތަކުގެ ބޮޑެތި މައި މަގުތަކުގައި ހުރި ސްކްރީންތަކުގައި ވަނީ ބޮޑެތި މީހުންގެ އޮރިޔާން މަންޒަރުތައް އާންމުންނަށް ދައްކާފަ އެވެ. މި ގުރޫޕުން ވަނީ ހުސްވި އޮކްޓޯބަރު މަހު 29 ވަނަ ދުވަހު ހުޅުމާލޭގެ ވިނަރެސް ބިލްބޯޑް ހެކްކޮށް ބޭއަދަބީ މަންޒަރުތަކެއް ދައްކާފަ އެވެ.

މި ސައިބަރ ހަމަލާ އަމާޒުވި ޤައުމުތަކުގެ ތެރޭގައި މިޞްރާއި މެލޭޝިޔާ ހިމެނެއެވެ. އެ ޤައުމުތަކުގެ މައި މަގުތަކުގައި ހަރުކޮށްފައިވާ ބޮޑެތި ޑިޖިޓަލް ބޯޑުތައް ހެކްކޮށް، ސައިބަރ ހެކަރުން ވަނީ އެ ސްކްރީންތަކުގައި އޮރިޔާން ވީޑިއޯތައް ބްރޯޑްކާސްޓްކޮށްފައެވެ. މިއީ އާންމު ތަންތަނުގައި އިޖުތިމާއީ އަޚްލާޤީ މިންގަނޑުތަކާ ހިލާފަށް ހިންގާފައިވާ ބޮޑު އަމަލެކެވެ.

ކަމާބެހޭ ފަރާތްތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ހަމަލާތައް ދީފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ބޯޑުތައް ބަލަހައްޓާ ކުންފުނިތަކުން ބޭނުންކުރާ ރިމޯޓް ޑިސްޕްލޭ ސޮފްޓްވެއަރތަކުގައި ހުރި ނާޒުކުކަމުގެ ފައިދާ ނަގައިގެންނެވެ. އެހެންކަމުން ސޮފްޓްވެއަރ މެދުވެރިކޮށް ދުރުގައި ތިބެގެން ސްކްރީންތަކަށް ބަދަލު ގެނައުމުގެ ފުރުސަތު ހެކަރުންނަށް ވަނީ ލިބިފަ އެވެ.

މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ދަނީ ސައިބާ ސެކިއުރިޓީ ވަރުގަދަކުރުމަށާއި، ބޯޑުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއަރތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި މިފަދަ ހަމަލާތައް ކުރިއަށް އޮތް ތަނުގައި ހުއްޓުވުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރަންޖެހޭކަން ކަމާބެހޭ މާހިރުން ވަނީ ފާހަގަކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް