ads
ރަޝިއާއިން ރާއްޖެއަށް ދަތުރުތައް ފެށި އެސް-ސެވަން އެއާލައިން
ރަޝިއާގެ އެސް7 އެއާލައިނުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށައިފި
މޮސްކޯ ފިޔަވައި ރަޝިޔާގެ އެހެން ސަރަހައްދަކުން ރާއްޖެއަށް ކުރާ ފުރަތަމަ ސީދާ ދަތުރުތައް، ރަޝިޔާގެ އެންމެ ބޮޑު އަމިއްލަ އެއަރލައިން ކަމަށްވާ "އެސް-ސެވަން" އިން ފަށައިފި އެވެ.
Advertisement

ރޫޓުގެ ފުރަތަމަ ފްލައިޓް ވީއައިއޭއަށް ޖައްސާފައިވަނީ ހުކުރު ދުވަހުއެވެ. މިއީ އެސް7 އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށި ފުރަތަމަ ފަހަރެވެ.

މި އެއާލައިނުން ނޮވޮސިބިރްސްކާއި މާލެއާ ދެމެދު ކޮންމެ ހަފުތާއެއްގެ ހޯމަ އަދި ހުކުރު ދުވަހު ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތަކުގައި ބޭނުންކުރަނީ އެއާބަސް އޭ320 މަރުކާގެ ބޯޓުތަކެވެ. 

ފިނި މޫސުމާ ދިމާކޮށް ފެށި މި ދަތުރުތަކުގެ ފުރަތަމަ ފްލައިޓް ރަޝިޔާގެ ނޯވޯސިބިއެސްކް އިން ފުރައިގެން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް (ވީއައިއޭ) ޖައްސާފައިވަނީ ހުކުރު ދުވަހު އެވެ. 10 ގަޑިއިރުގެ މި ދަތުރަށްފަހު ރާއްޖެ އައި ފަސިންޖަރުންނަށް ވީއައިއޭ އިން ވަނީ ހޫނު މަރުޙަބާއެއް ކިޔާފަ އެވެ.

މި ދަތުރުތަކަކީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ރަޝިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރެވުނު މަޝްވަރާތަކަށްފަހު ފެށުނު ދަތުރުތަކެކެވެ. މީގެ އިތުރުން، މިއަހަރުގެ ފަހު ކުއާޓަރުގައި އިތުރު 7 އެއަރލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށާނެކަމަށް ވަޒީރު ވަނީ ދާދިފަހުން ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް