ads
ނަސްރުގެ ދުވަހުގެ އަސްކަރީ ހުށައެޅުންންތައް ރައީސްގެ ދެކަނބަލުން ބައްލަވާލެއްވުން
ނަސްރުގެ ދުވަހުގެ އަސްކަރީ ހުށައެޅުން ރައީސްގެ ދެކަނބަލުން ޝަރަފްވެރިކޮށްދެއްވައިފި
ނަސްރުގެ ދުވަސް ފާހަގަކުރުމަށް ޤައުމީ ދިފާއީ ބާރުގެ ފަރާތުން ހުށައަޅައިދޭ އަސްކަރީ ހުށައެޅުންތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފަވެރިކޮށްދެއްވައިފި އެވެ. މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ، ޖުމްހޫރީ މައިދާން ސަރަހައްދުގަ އެވެ.
Advertisement

މި އަސްކަރީ ހުށައެޅުންތަކުގައި ޤައުމީ ދިފާއީ ބާރުގެ އެކިއެކި ބަހާތަކުން ކުރާ މަސައްކަތްތަކާއި އަދި ނަސްރުގެ ދުވަހާއި ގުޅުންހުރި ތަފާތު ހުށައެޅުންތައް ހުށައަޅައިދީފައިވެ އެވެ.

ސިފައިންގެ އަސްކަރީ ހުށައެޅުމުގައި ވަނީ ގައުމުގެ ދިފާޢުގައި ދިވެހި ސިފައިންގެ ހިދުމަތުގައި ގާއިމުކޮށްފައިވާ އެކި ވިންގުތަކުގެ އޮޕަރޭޝަންތައް ދައްކާލާފަ އެވެ. އަދި ސިފައިންގެ އެކި ބަހާތަކުގެ ޔުނިފޯމްތައް ވެސް ވަނީ ދައްކާލާފަ އެވެ. އަދި ސިފައިންގެ އަސްކަރީ އުޅަނދުތައްވެސް ވަނީ ދައްކާލާފަ އެވެ.

މީގެ އިތުރުން ޖުމްހޫރީ މައިދާނުގައި ވަގުތުން ގެނެސްދިން މަންޒަރުތަކުގައި ވަނީ، ނިރުބަވެރި ޙާމަލާއެއް ދިވެހި ސިފައިންގެ ހިދުމަތުުން ރޫޅާލުމުގެ އޮޕަރޭޝަނެއް ރާވާ ކުރިއަށް ގެންދާނެ ގޮތް ގެނެސްދީފަ އެވެ.

ނަސްރުގެ ދުވަހުގެ އަސްކަރީ ހުށައެޅުންންތައް ބަލާލުމަށް އާއިލާތަކާއެކު ވަރަށް ގިނަ އަދަދެއްގެ ކުޑަކުދީން ވަނީ ޖަމާވެފަ އެވެ. 

ނަސްރުގެ ދުވަސް ފާހަގަކުރަނީ ނޮވެމްބަރު 3، 1988 ގައި ދިވެހީންގެ ބަޔަކާ ގުޅިގެން ސްރީ ލަންކާގެ ތަމަޅައިންގެ ގްރޫޕަކުން ރާއްޖެ އަރައި ދިން ޓެރަރިސްޓް ހަމަލާގެ ނާކާމިޔާބުވެ ދިވެހިންނަށް ލިބުނު ނަސްރުގެ ހަނދާން އާކުރުމަށެވެ.

އެ ޓެރަރިސްޓް ހަމަލާގައި 19 ދިވެހިން ޝަހީދުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ސިފައިންގެ 8 މީހަކާއި އާންމުންގެ 11 ބޭފުޅެކެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް