ads
115 މިލިއަން އަހަރުވީ ޑައިނަސޯއެއްގެ ކަށިގަނޑުން ލޭގެ ސެލްތަކެއް ފެނިއްޖެ
ތާރީހީ ހޯދުމެއް: 115 މިލިއަން އަހަރުވީ ޑައިނަސޯއެއްގެ ކަށިގަނޑުން ލޭގެ ސެލްތަކެއް ފެނިއްޖެ
115 މިލިއަން އަހަރުވީ ޑައިނަސޯއެއްގެ ފައިގެ ކަށިގަނޑެއްގެ ތެރެއިން ރަތް ލޭގެ ސެލްތަކާއި ހީމް ބަޔޯމޮލެކިއުލްތައް ސައިންސްވެރިން ހޯދައިފި އެވެ.
Advertisement

މި މުހިންމު ހޯދުން ހޯދާފައިވަނީ ކާޓިން ޔުނިވަސިޓީން އިސްނަގައިގެން ހިންގި ބައިނަލްއަގުވާމީ ސައިންސްވެރިންގެ ދިރާސާ ޓީމަކުންނެވެ. މިއީ ދުނިޔޭގެ ގަދީމީ ޖިއޮލޮޖިކަލް ތާރީޚުގައި ހީމޯގްލޯބިންއިން އުފެދިފައިވާ މާއްދާތައް ރައްކާތެރިކަމާއެކު ދެމިއޮތްކަން ކެމިކަލް ގޮތުން ސާބިތުވެގެންދިޔަ ފުރަތަމަ ފަހަރެވެ.

މި ލޭގެ ސެލްތައް ފެނިފައިވަނީ ބްރެޒިލްއިން ފެނުނު "އަރަޓަސޯރަސް" ނަމަކަށް ކިޔާ ތެރޮޕޮޑް ބާވަތުގެ ޑައިނަސޯއެއްގެ ފައިގެ އާސާރީ ކަށިގަނޑުގެ ތެރެއިންނެވެ. ސައިންސްވެރިން ބުނާ ގޮތުގައި، މިހާ ގިނަ ދުވަސްވީ ކަށިގަނޑެއްގެ ތެރޭގައި ލޭގެ ސެލްތަކާއި ހީމް ބަޔޯމޮލެކިއުލްތައް ރައްކާތެރިވެފައި ހުރުމަކީ ސައިންސްގެ ދާއިރާއަށް ލިބުނު ވަރަށް މުހިންމު ކާމިޔާބީއެކެވެ.

މި ދިރާސާއިން ކަށަވަރުވެގެންދިޔައީ ހީމޯގްލޯބިންއިން އުފެދިފައިވާ މާއްދާތައް އެތައް މިލިއަން އަހަރެއް ވަންދެން ހަލާކުނުވެ ހުރެދާނެކަމެވެ. ކާޓިން ޔުނިވަސިޓީގެ ދިރާސާ ޓީމުން ކުރި މަސައްކަތުން ވަނީ ޖިއޮލޮޖިކަލް ތާރީޚުގައި މިއީ ހީމޯގްލޯބިންގެ ނިޝާންތައް މިފަދަ ގޮތަކަށް ސަލާމަތުން ހުރިކަން ސާބިތުކޮށްދިން ފުރަތަމަ ސަރީހަ ކެމިކަލް ހެކި ކަމަށް ބުނެފަ އެވެ.

މި މުހިންމު ހޯދުމުގެ ސަބަބުން ގަދީމީ ޒަމާނުގައި ދިރިއުޅުނު ޑައިނަސޯތަކުގެ ބަޔޮލޮޖީއާއި، އެ އެއްޗެހީގެ ހަށިގަނޑުގެ ނިޒާމުތައް މަސައްކަތްކުރި ގޮތް އިތުރަށް ދެނެގަތުމަށް ސައިންސްވެރިންނަށް ބޮޑެތި ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް