ads
މާލެ މަތިން ފެންނަ ފޮޓޯއެއް
މާލެއިން 49 ބިމެއް ހައުސިން މިނިސްޓްރީން ވިއްކާލަނީ، ބޭނުން ބަޔަކު ކުރިމަތިލާން ހުޅުވާލައިފި
މާލެއިން 49 ބިމެއް ވިއްކާލަން ހައުސިން މިނިސްޓްރީން އާއްމުކޮށް އިއުލާންކޮށްފި އެވެ.
Advertisement

އެ މިނިސްޓްރީން ބުނީ ވިއްކާލަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހިންގި 'ވެށިފަހި މާލެ' ޕްރޮގްރާމުގެ ދަށުން 2011 ވަނަ އަހަރު ދައުލަތަށް މިލްކުވެފައިވާ ބިންތަކެއްކަމަށެވެ. އެގޮތުން 49 ބިމެއް ވިއްލާން މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ. 

ވިއްކާ ބިންތައް ހިމެނޭ ސަރަހައްދުތައް 

  • މާފަންނުގެ 21 ބިމެއް

  • މައްޗަންގޯޅީގެ 10 ބިމެއް

  • ގަލޮޅުގެ 8 ބިމެއް

  • ހެންވޭރުގެ 9 ބިމެއް

  • ވިލިނގިލިން 1 ބިން

ހައުސިން މިނިސްޓްރީން  ބުނީ މި ބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނިވެރިންނާއި އެ ބިންތަކާ އިންވެގެންވާ ގޯތިތަކުގެ ވެރިފަރާތްތަކުގެ ތެރެއިން ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުލުވާލާލާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށެވެ.

ބިން ވިއްކާ އަގު 

  • އަކަފޫޓަކަށް 2،000ރ.

ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި އަންނަ މަހުގެ 8 ވަނަދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން ހުށައަޅަން ޖެހޭނެކަަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ. އަދި ބިން ގަންނަން ހުށައަޅަން ޖެހޭނީ  'ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލު'ގައިވާ ފޯމާއި ލިޔެކިޔުންތަކާއި އެކު ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ. 

މީގެއިތުރުން ވިއްކާ ބިންތަކުގެ ޗާޓު އާދިއްތަ ދުވަހުން ފެށިގެން މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެކަމަށާއި ބިންތައް ވިއްކުމުގައި އަމަލުކުރާނީ 28 ޖޫން 2021ގައި ގެޒެޓުކޮށްފައިވާ 'ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލާ' އެއްގޮތަށްކަމަށްވެސް މިނިސްޓްރީން ބުނެ އެވެ. 

14%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
57%
ވަރަށް ސަލާމް
ކޮމެންޓްސް