ads
ޓްރަމްޕު
އެމެރިކާ މީހުން ފޫހިވެއްޖެ ނަމަ އިޒްރޭލަށް ގޮސް ޕްރައިމް މިނިސްޓަރުކަން ކުރާނަން: ޓްރަމްޕް
އެމެރިކާގެ ރައްޔިތުން އޭނާއާ މެދު ފޫހިވެއްޖެ ނަމަ، އިޒްރޭލަށް ބަދަލުވެ އެ ގައުމުގެ ޕްރައިމް މިނިސްޓަރުކަން ކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖޯކަކަށް ވިދާޅުވެއްޖެ އެވެ.
Advertisement

އޭނާ އިތުރަށް ވިދާޅުވީ އިޒްރޭލުގައި އޭނާގެ މަގުބޫލުކަން 99 ޕަސަންޓުގައި އުޅޭ ކަމަށެވެ.

ޓްރަމްޕް މިހެން ވިދާޅުވީ އެމެރިކާގައި ކުރިއަށްދާ މިޑްޓާމް އިންތިހާބުގެ ވޯޓުލުން ފެށުނު ދުވަހު "ފޮކްސް ނިއުސް" އަށް ފޯނު މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގަ އެވެ. އެ އިންޓަވިއުގައި ޓްރަމްޕް ވަނީ އިޒްރޭލުގައި އޭނާއަށް އޮތް ތާއީދަކީ ތާރީހުގައި ވެސް އެހެން އެއްވެސް މީހަކަށް ނުލިބޭހާ ބޮޑު ތާއީދެއް ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި އިޒްރޭލުގެ ރައްޔިތުންގެ މެދުގައި އޭނާއަށް އެހާ ބޮޑު މަގުބޫލުކަމެއް ލިބިފައިވަނީ މެދުއިރުމަތީގެ މައްސަލަތަކުގައި އޭނާ ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަބަބުންނެވެ. ހާއްސަކޮށް އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކާއި، އިޒްރޭލާ އެކު އޮންނަ ގުޅުން ބަދަހިކުރުމަށް ކުރެއްވި މަސައްކަތްތައް އޭނާ ފާހަގަކުރެއްވި އެވެ.

"އަހަރެންގެ މަގުބޫލުކަން އިޒްރޭލުގައި 99 ޕަސަންޓުގައި އުޅޭ ކަމީ ގަބޫލުކުރަން ވެސް ދަތި ކަމެއް. ހަގީގަތުގައި ވެސް އެމެރިކާގެ ރައްޔިތުން އަހަރެންދެކެ ފޫހިވެއްޖެ ނަމަ، އަހަރެން ބަދަލުވާނީ އިޒްރޭލަށް. އަދި އެ ގައުމުގެ ޕްރައިމް މިނިސްޓަރުކަން ކުރާނީ އަހަރެން،" ފޮކްސް ނިއުސްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.

މީގެ އިތުރުން ޓްރަމްޕް ވަނީ އެމެރިކާއިން ކޮންމެ އަހަރަކު އިޒްރޭލަށް ދެމުން އަންނަ ހަތަރު ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ މި އަހަރުގެ ނިޔަލަށް ހުއްޓާލާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އިޒްރޭލުގެ އިގުތިސާދު މިހާރު ވަރުގަދަވެފައިވާ ކަމަށާއި، އެހެންކަމުން އެމެރިކާގެ މާލީ އެހީތެރިކަމަށް އެ ގައުމުން ދެން ބޭނުން ނުވާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް