ads
ބީއެމްއެލްގެ މައި އޮފީސް އިމާރާތް - ފޮޓޯ/ބީއެމްއެލް
ބީއެމްއެލްއިން ބުނީ ފައިސާ ދޭނީ ޑޮލަރުންކަމަށް، ހެޑް އޮފީސް ހުޅުމާލޭގައި އަޅާދޭނެ ބަޔަކު ހޯދަނީ
ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސްގެ އާ ހެޑް އޮފީސް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން އެ ބޭންކުން އިއުލާންކޮށްފި އެވެ.
Advertisement

ބީއެމްއެލްއިން ބުނީ އެ ބޭންކުގެ އާ ހެޑް އޮފީސް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި ކަމަށެވެ. 2,648.40 އަކަ މީޓަރުގެ ބިމެއްގައި އަޅާ އާ ހެޑް އޮފޯހަކީ 14 ބުރީގެ އިމާރާތެއްކަމަށް ބީއެމްއެލްއިން ބުނެ އެވެ. 

މި އިމާރާތުގެ ބޭސްމަންޓްގައި 2 ބުރި ހުންނައިރު އާ ހެޑް އޮފީހުގައި ބޮޑު ޕާކިން އޭރިއާއެއް އޮންނާނެކަމަށް ބީއެމްއެލްއިން ބުނެ އެވެ. ސއެގޮތުން ސައިކަލް ޕާކުކުރުމަށް މަދުވެގްން 400 ޖާގަ ހަދާއިރު ކާރު ޕާކުކުރުމަށް މަދުވެގެން 60 ޖާގަ އޮންނާނެކަމަށް ބީއެމްއެލް އިން ބުނެ އެވެ. 

އިމާރާތުގެ އެންމެ ތިރީ ބުރި މުވައްޒަފުންނާއި ބޭންކުން ދޭ ހިދުމަތަކަށް އަންނަ ކަސްޓަމަރުންނަށް ހާއްސަކުރާއިރި އިމާރާތުގެ އެންމެ މަތީ ދެ ބުރި 13 އަދި 14 ވަނަ ބުރި ހާއްސަކޮށްފައިވަނީ އެގްޒެކެޓިވް ފްލޯތަކުގެ ގޮތުގައެވެ. އަދި އިމާރާތުގެ އެންމެ މަތީގައި ސޯލާ ފާމެއް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށްވެސް ބޭންކުން ބުނެ އެވެ. 

ބީއެމްއެލްއިން ބުނީ އެ ބޭންކުގެ އާ އިމާރާތް އަޅާ ފަރާތްތަކަށް ބޭނުންވާ ފައިނޭންސްސިން ހަމަޖައްސާދޭނީ ޑޮލަރުންކަމަށެވެ. އެހެންކަމުން ބީއެމްއެލްގެ އާ ހެޑް އޮފީސް އަޅާދޭން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެކަަމަށް އެ ބޭންކުން ބުނެ އެވެ. އަދި މި މަސައްކަތް ކޮށްދޭން އެދޭ ފަރާތްތަކުން މާލީ ޤާބިލުކަމާއި ފައިސާ ހޯދާނެ ގޮތުގެ ތަފްސީލުތައް ހުށައަޅަން ޖެހޭނެކަަމަށް ބޭންކުން ބުނެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް