ads
ހުޅުމާލެ މެންހެޓްން ގްރޭންޑް ހޮޓެލް--
މެންހަޓަން ގްރޭންޑް ހޮޓާ ހުޅުމާލޭގައި ހުޅުވައިފި
އެސްޓީއޯއިން ޓޫރިޒަމް ސިނާއަތަށް ވަންނަން މީގެ 20 އަހަރު ކުރިން ތަރައްގީ ކުރި ހޮޓާ ނުހުޅުވި 20 އަހަރު ދުވަހު ބެހެއްޓުމަށްފަހު މިރޭ ރަސްމީކޮށް ހުޅުވައިފި އެވެ.
Advertisement

މި ހޮޓަލުގެ މަސައްކަތް މީގެ 20 އަހަރު ކުރިން ފެށީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަނުންނެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ މަސައްކަތް ކުރިއަށްނުގެންދެވި މަޑުޖެހިފައި އޮތުމަށްފަހު މި ސަރުކާރުން އަމިއްލަ އިންވެސްޓަރަކާ ހަވާލުކޮށްގެން ހޮޓަލުގެ މަސައްކަތް ހަލުއި ދުވެލީގައި ކުރިއަށްގެންދިޔަ އެވެ. 

އެ މަސައްކަތް ކުރިއަށްގެންދިޔައީ ޔޫއޭއީގެ ޑީޕް ސީފުޑް ކުންފުންޏާއި، ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. 

ފަސްތަރީގެ މެންހަޓަން ގްރޭންޑް ހޮޓަލުގައި 162 ކޮޓަރި އާއި ކެފޭ ރެސްޓޯރެންޓްތަކާއި ކޮންފަރެންސް ހޯލެއް ހުރެ އެވެ. އައުޑްޑޯ ސުވިމިންޕޫލަކާއި ސްޕާ އެންޑް ވެލްނަސް ސެންޓަރަކާއި ފިޓްނަސް ސެންޓަރެއް ވެސް އެތަނުގައި ވަނީ ގާއިމްކޮށްފަ އެވެ.

މިރޭ މި ހޮޓެލް ހުޅުވުން ފާހަގަކުރުމުގެ ގޮތުން ހަވާ އެރުވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

މި ހޮޓާ ފަރުމާކޮށްފައިވަނީ ރާއްޖޭގެ ތާރީހާއި ސަގާފަތް ރަމްޒުކޮށްދޭ ގޮތަށެވެ. ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ މި ހޮޓަލަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ދިހަ ވަރަކަށް މިނިޓު ތެރޭގައި ދެވޭހާ ކައިރީ ހުންނަ ހޮޓަލެކެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް