ads
ދިރާގު ރޯޑް ރޭހުގައި ދުވަން ބައިވެރިން ތައްޔާރުވަނީ: ރޭހަށް ދެ ހަފްތާއަށް ވެފައި ވާއިރު ބައިވެރިންގެ އަދަދު 5،600 އަށް ވުރެ އިތުރު. - ފޮޓޯ: ދިރާގު
5600އަށް ވުރެ ގިނަ މީހުންނާ އެކު ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް ތައްޔާރުވަނީ
ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) މި މަހު 20 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ފަށަން ތައްޔާރު ވަމުން އަންނައިރު މިހާތަނަށް 5600 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް ދިރާގުން ބުނެފި އެވެ.
Advertisement

މި އަހަރުގެ ދުވުމަކީ ރާއްޖޭގެ ދުވުމުގެ ތާރީހުގައި ފާހަގަކޮށްލެވޭނެ އިތުރު އަނެއް ސަބަބަކީ ޑީއެމްއާރުއާރު 2026އަކީ މިހާރު "ވޯލްޑް އެތުލެޓިކްސް ރޭންކިން ކޮމްޕެޓިޝަނެ"އްގެ ގޮތުގައި ރަސްމީކޮށް ބަލައިގެންފައިވާ މުބާރާތަކަށް ވުމެވެ. މީގެ ސަބަބުން، މި ދުވުމުގައި ބައިވެރިވާ ދުވުންތެރިން ހޯދާ ނަތީޖާތައް ބައިނަލްއަގުވާމީ ރޭންކިންގައި ހިމެނި، ދުނިޔޭގެ ފެންވަރުގައި ރަސްމީކޮށް ބަލައިގަންނަ ކާމިޔާބީތަކަކަށް ވެގެންދާނެ އެވެ. 

މި އަހަރުގެ ދުވުން ރާއްޖޭގެ ދުވުމުގެ ތާރީހުގައި ފާހަގަކޮށްލެވޭނެ އިތުރު އަނެއް ސަބަބަކީ ޑީއެމްއާރްއާރް 2026 އަކީ މިހާރު "ވޯލްޑް އެތުލެޓިކްސް ރޭންކިންގް ކޮމްޕެޓިޝަން" އެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގެންފައިވާ މުބާރާތަކަށް ވުމެވެ.

މީގެ ސަބަބުން މި ދުވުމުގައި ބައިވެރިވާ ދުވުންތެރިން ހޯދާ ނަތީޖާތައް ބައިނަލްއަގުވާމީ ރޭންކިންގްގައި ހިމެނި، ދުނިޔޭގެ ފެންވަރުގައި ރަސްމީކޮށް ބަލައިގަންނަ ކާމިޔާބީތަކަކަށް ވެގެންދާނެ އެވެ.

މި ހަރަކާތުގައި ހިމެނޭ ކެޓަގަރީތަކުގެ ތެރޭގައި ހާފް މެރަތަން، 10 ކިލޯމީޓަރު އަދި 5 ކިލޯމީޓަރުގެ އިތުރުން، އަލަށް ތައާރަފުކޮށްފައިވާ ޓީމް ކެޓަގަރީތައް ހިމެނެ އެވެ.

ތަޖުރިބާކާރު ދުވުންތެރިންނާއި ދުވުމުގެ ދާއިރާއަށް އަލަށް ނުކުންނަ ފަރާތްތައް އެއްތަނަކުން ބައްދަލުވެގެންދާނެ މި ދުވުމުގެ މައިގަނޑު މަގުސަދަކީ، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް ހިތްވަރުދީ، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ދުވުމުގެ އާދަ އަށަގަންނުވައި، އެންމެންނަށް ވެސް ބައިވެރިވެވޭ ފަދަ ޕްލެޓްފޯމެއް ގާއިމްކޮށްދިނުން ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.  

ޑީއެމްއާރްއާރް އަށް ދުވުންތެރިން ތައްޔާރުވަމުންދާއިރު، އަމިއްލަ ސިއްހަތާއި ދުޅަހެޔޮކަމަށް ހާއްސަ އިސްކަމެއް ދިނުމަށް ދިރާގުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެގޮތުން، މިއަހަރުގެ ކޯޗިން ޕާޓްނަރުން ކަމަށްވާ "ދަ ވެލްނެސް ކްލަބް" އަދި "އައިލެންޑް ރަނާސް މޯލްޑިވްސް އެންޑް މެރެތަން ރަނާސް މޯލްޑިވްސް" އިން ކުރިއަށްގެންދާ ތަމްރީނުތަކުގައި ބައިވެރިވެ، ތަޖުރިބާކާރު ކޯޗުންގެ އިރުޝާދާއެކު ދުވުމަށް ތައްޔާރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދިރާގުން ވަނީ ބުނެފަ އެވެ.

ޑީއެމްއާރްއާރްއާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ދިރާގުން ދަނީ މީސްމީޑިއާ އެކައުންޓްތަކުން ހިއްސާކުރަމުންނެވެ. އަދި އިތުރު މައުލޫމާތު ރޯޑްރޭސް ވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް