ads
ކަސްޓަމުން އަތުލައިގަތް މަސްތުވާތަކެތި - ފޮޓޯ: ކަސްޓަމް
ކޫރިއާ މެދުވެރިކޮށް ގެނައި ކިލޯއަކަށްވުރެ ގިނަ ޕާޓީ ޑްރަގްސް އަތުލައިގެންފި
ކޫރިއާ މެދުވެރިކޮށް ކިލޯއަކަށްވުރެ ގިނަ ޕާޓީ ޑްރަގްސް އަތުލައިގެންފި އެވެ.
Advertisement

ކަސްޓަމުން ބުނީ މި ތަކެތި އަތުލައިގަތީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ކަމަށެވެ. މި ތަކެތި ފެނުނީ ކޫރިއާ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރަމުންދިޔައިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން، އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައިކަމަށް ކަސްޓަމުން ބުނެ އެވެ. 

އަތުލައިގެން ތަކެތީގެ ބަރުދަނުގައި 1030 ގްރާމް ހުރިކަމަށް ކަސްޓަމުން ބުނެ އެވެ. އަދި މި ތަކެތި ޓެސްޓްކުރި އިރު މީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ސިންތެޓިކް ކެތިނޯން ކަން އެނގިފައިވާކަމަށް ކަސްޓަމުން ބުނެ އެވެ. 

ފަހަކަށް އައިސް ކަސްޓަމުން އަންނަނީ ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަންނަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް