ހުޅުމާލެގައި ވޯޓާ ތީމް ޕާކް ހެދުމުގެ މަސައްކަތް ފެށީ ރައީސް ޔާމީންގެ ވެރިކަމުގައެވެ. އެހެންނަމަވެސް މިހާތަނަށްވެސް އެތަނުގެ މަސައްކަތް ނިމިފައިނުވާއިރު މަސައްކަތް ހުއްޓިފައި ހުންނަތާވެސް ވަނީ 5 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.
މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ހުޅުމާލޭގައި ހަދާ ވޯޓާ ތީމް ޕާކުގެ މަސައްކަތް ކުރިޔަށް ގެންދަން އެޗްޑީސީން މިހާތު ބަޔަކާއި ހަވާލުކޮށްފައިވާކަމަށެވެ. އަދި އެތަން ނިންމާ ކުރިޔަށް އޮތް ދޮޅޫ އަހަރެއްގެ ތެރޭގައި ހުޅުވޭނެކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.