ads
ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާއި ބައްދަލުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް
ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނުނަގާނަން: ރައީސް
ރަސްމާލޭގައި އީގަލް ހިލްސް އިން ހިންގުމަށް ނިންމާފައިވާ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ މަނިކުފާނު ވިދާޅުވީ، މި މަޝްރޫއަކީ ރައްޔިތުންގެ ވޯޓަކަށް ނުވަތަ ރެފަރެންޑަމަކަށް ދާންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި މިކަމާ ގުޅޭ ހުރިހާ އިންތިޒާމުތަކެއް ހަމަޖެހިގެންދާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށްވެސް ފާހަގަކުރެއްވިއެވެ.

"މި ކަމަކީ އަޅުގަނޑުމެން ރިފަރެންޑަމެއް ހިންގާނެ ކަމެއް ނޫން، މި ބިލުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި މިހިރީ ރާއްޖޭގެ ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލާއި އަޅުގަނޑުމެންގެ ގާނޫނުތަކާއި މި ހުރިހާ ކަމަކަށް ރިއާޔަތްކުރެވިފައި މި އޮތީ ގާނޫނުގައި ސީދާ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ގަވައިދެއްގެ ތެރެއިން މި މަޝްރޫއާ ގުޅޭ ކަންކަން ބަޔާންކުރުމުގެ ފުރުސަތު އޮތް ނަމަވެސް، އެގޮތަށް އަމަލުނުކުރައްވައި އެކަންކަން ހިމަނާފައިވަނީ ރިއަލް އެސްޓޭޓް ބިލުގައި ކަމަށެވެ. އަދި އަންނަން އޮތް ޖީލުތަކަށް ވެސް ރައްޔިތުންގެ ހައްގުތައް އެއްވެސް ކަންބޮޑުވުމެއް ނެތި ހިމާޔަތްކުރެވިފައިވާކަން އެ ގާނޫނުގެ އަށްވަނަ ބާބުން ސާފުކޮށް އެނގެން އޮންނާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރަސްމާލޭގައި އީގަލްސް ހިލްސް އިން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަަޝްރޫއާއި ގުޅޭގޮތުން ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަމަށް ބުނެ، އިދިކޮޅު އެމްޑީޕީއިން ވަނީ، މިމަޝްރޫއު ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ގަރާރެއް ފާސްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް