ފުލުހުން ބުނީ މި ދެ މީހުން ހުޅުމާލެ ފޭސް2 ގައި ހުންނަ އެމްޕީއެލް ޓަވަރެއްގައި، ނިވާކަން ކުޑަ ހެދުމެއްގައި މަސްތުގެ ހާލަތުގައި ތިބެ، އަޑުގަދަކޮށް ހަމަނުޖެހުން ހިންގައި އެތަންނަށް ގެއްލުދިންކަމުގެ ރިޕޯޓް ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ.
މި ދެމީހުން ވަނީ އެމްޕީއެލް ޓަވަރުގެ ދޮރުގެ ބިއްލޫރިގަނޑުވެސް ތަޅާލާފައި ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލާގައި ހައްޔަރުކުރި ދެމީހުންނަކީވެސް ބަންގުލަދޭޝްގެ ދެ ފިރިހެނުންކަމަށް ފުލުހުން ބުނެ އެވެ. އަދި މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެ އެވެ.