ads
ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު.
މި ސަރުކާރުން އޯގާތެރިވާނެ، ސަރުކާރަށް ފާޑުކިޔަސް ޓީޗަރުންނަށް ފިޔަވަޅެެއް ނާޅާނެ: ޝަފީއު
މި ސަރުކާރުން ގެންގުޅެނީ އޮގާތެރިކަންކަމަށާއި ސަރުކާރަށް ފާޑުކިޔަސް ޓީޗަރުންނަށް މިހާރު އެއްވެސް ފިޔަވަޅެެއް ނާޅާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.
Advertisement

ދައުލަތުގެ މީޑިއާއިން ގެނެސްދޭ އަހާ ފޯރަމްގައި ސުވާލުކުރި މީހަކު ވަނީ މި ސަރުކާރުން ޓީޗަރުންނަށް ކޮށްދިނީ ކޮންކޮންކަމެއްތޯ ސާފުކޮށްދިނުމަށް މިނިސްޓަރުގެ އަރިހުގައި އެދިފަ އެވެ. 

އެހެންނަމަވެސް އޭގެ ތަފްސީލަށް ވަޑައިނުގަން މިނިސްޓަރު ޝަފީއު ވިދާޅުވީ މި ސަރުކާރުން ޓީޗަރުންނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާނެކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިދިޔަ ސަރުކާރު ނިމުނުއިރު 100 ވުރެ ގިނަ ޓީޗަރުންނަން މިނިސްޓްރީން އިންޒާރުދީ ބައެއް ޓީޗަރުން ސަސްޕެންޑްކޮށް ހަދާފައިވާކަމަށެވެ. 

އެހެންނަމަވެސް މި ސަރުކާރުގައި ޓީޗަރުންނަށް އެއްވެސް ބިރެއް ނޯންނާނެކަށާއި މި ސަރުކާރަށް ފާޑުކިޔަސް ފިޔަވަޅު ނާޅާނެކަމަށެވެ. އަދި މި ސަރުކާރުން ގެންގުޅޭނީ ލޯތްބާއި އޮގާތެރިކަންކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު ނޯންނާނެ އެއްވެސް ޓީޗަރަކަށް ބިރުވެރިކަމެއް. ހުދު ސަރުކާރަށް ފާޑުކީ ނަމަވެސް. އަޅުގަނޑުމެން މި ގެންގުޅެނީ އޯގާތެރިކަން، ކުލުނުވެރިކަން. ޓީޗަރުންނާ ދޭތެރޭ ބޭއިންސާފުން ކަންކަން ކުރުމުގެ ކަލްޗާ މިހާރު ނޯންނާނެ،" މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.

ޓީޗަރުންނަށް އުފާވެރި އެމީހުންގެ މަސައްކަތުގެ އަގުވަޒަންކުރެވޭ މާހައުލެއް މި ސަރުކާރުން ގާއިމުކޮށްދީފައިވާކަމަށް މިނިސްޓަތު ވިދާޅުވި އެވެ. އަދި މިހާރު ޓީޗަރުން މަސައްކަތް ކުރަމުން އެ އަންނަނީ އެއްވެސް ބިރެއް ނުފޫޒެއްނެތި މަސައްކަތްކުރެވޭ މާހައުލެއްކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް