ads
ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް
ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް އެކުލަވާލައްވައިފި
ދައުލަތުގެ ކަންކަން ހަރުދަނާކަމާއެކު ހިންގުމަށާއި، ގައުމަށް ދިމާވާ އެކި މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދެއްވުމަށްޓަކައި 'ދައުލަތުގެ ޢިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް' ގެ ނަމުގައި ހާއްސަ މަޖިލީހެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލައްވައިފި އެވެ.
Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، މިއީ ގައުމުގެ ކަންކަން ހަރުދަނާ ގޮތުގައި ހިންގުމަށާއި، ސަރުކާރުގެ ސިޔާސަތުތައް ރަނގަޅު މަގުން ގެންދިއުމަށް ބޭނުންވާ ލަފާ ހޯއްދެވުމަށާއި، ގައުމަށް ކުރިމަތިވާ އެކި ކަންކަމާ ގުޅިގެން މަޝްވަރާ ހޯދަން ޖެހޭ ހާލަތްތަކުގައި އެމަނިކުފާނަށް ލަފާއެރުވުމަށް އުފެއްދެވި މަޖިލީހެއް ކަމަށެވެ. މި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ އަދި އިއްޒަތްތެރި ލަގަބުތައް ހާސިލުކުރައްވާފައިވާ ބޭފުޅުން ހިމެނޭ މި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:

  • ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ކަމާލުއްދީން (މއ. އާނުވެލި)

  • ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމް (މ. ސިލްވާކްލައުޑް)

  • ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުސައިން (މއ. އުރަހަ)

  • ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދު (މ. ލޮނުވެލި)

  • ނިޝާން ޢަސްކަރީގެ ވެރިޔާ މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ ޢަލީ ޖަލީލް (ހ. ރާޅާހާ)

  • ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑރ. މުޙައްމަދު ލަޠީފު (މއ. ކިނބި)

  • ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އިބްރާހީމް ރަޝީދު މޫސާ (ހ. މީރުބަހުރުގޭއާގެ)

  • ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އިބްރާހީމް އިސްމާޢީލް ޢަލީ (މ. މަހުމާވިލާ)

  • ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަޙްމަދު ނަސީމް (ހ. ހިކިފިނިފެންމާގެ)

  • ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ބަދުރުއްނަޞީރު (މއ. ވިލުވެލި)

  • ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އާދަމް ޢަބްދުއްރަޙްމާނު (އަލިމަސްގެ، ހއ. އުތީމު)

  • ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަޙްމަދު ޝާކިރު (މއ. ކަށިމާ)

މިފަދަ މަޖިލީހެއް އުފައްދަވާނެކަން ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަ އިޢުލާނު ކުރެއްވީ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް