ads
އިސްކުރެއް ފެޅި ބޯޓުތެރޭގައި ފެންބޮޑުވެ ކުއްލި ހާލަތުގައި ޖައްސައިފި
އިސްކުރެއް ފެޅި ބޯޓުތެރޭގައި ފެންބޮޑުވެ ކުއްލި ހާލަތުގައި ޖައްސައިފި
އެމެރިކާގެ ޑެންވަރއިން ޑިޓްރޮއިޓަށް ދަތުރުކުރި ފްރޮންޓިއާ އެއާލައިންސްގެ އެއާބަސް A321neo މަރުކާރުގެ މަތިންދާބޯޓެއްގެ ދަތުރުމަތީގައި، ބޯޓުގެ ފާޚާނާގެ އިސްކުރެއް ފެޅި، މުޅި ބޯޓުތެރޭގައި ފެންބޮޑުވުމުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓުވަނީ ކުއްލި ހާލަތުގައި ޗިކާގޯގެ އޯހެއާ އިންޓަނޭޝަނަލް އެއާޕޯޓަށް މިސްރާބު ބަދަލުކޮށް ޖައްސާފައެވެ.
Advertisement

މާލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ބޯޓު ވައިގެ ތެރޭގައި އުދުހެމުންދަނިކޮށް، ބޯޓުގެ ކުރީކޮޅުގައި ހުރި ފާހާނާގެ އިސްކުރެއް ފެޅިގެންނެވެ. އިސްކުރު ފެޅުމާއެކު ވަރަށް ބާރަށް ފެންތައް ބޭރަށް ޖަހައި، ކުރު މުއްދަތެއްގެ ތެރޭގައި އެ ފެންތައް ވަނީ ފަސިންޖަރުން ތިބި މައި ކެބިންއަށް ފެތުރިގެން ގޮސްފައެވެ. މީގެ ސަބަބުން ފަސިންޖަރުން ތިބި ސަރަހައްދުގައި ވަރަށް ބޮޑަށް ފެންބޮޑުވިއެވެ.

ދެންވަރއިން ޑިޓްރޮއިޓަށް ފަސިންޖަރުން އުފުލި މި ބޯޓުގެ ތެރޭގައި ސީރިއަސްކޮށް ފެންބޮޑުވުމާ ގުޅިގެން، ބޯޓުގެ ކުރޫއިން ވަނީ "މޭޑޭ" (Mayday) ނުވަތަ ކުއްލި އެހީއަށް އެދޭ ކޯލް ފޮނުވާފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ދަތުރު ކުރިއަށް ނުގެންގޮސް، ޗިކާގޯގެ އޯހެއާ އެއާޕޯޓަށް ބޯޓު ކުއްލި ގޮތަކަށް ޖެއްސުމަށް ވަނީ ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް