މި ދިރާސާއިން އެނގުނު ގޮތުގައި، ކާޅު ލޮލަށް ފެންނަ މައުލޫމާތުތައް ސިކުނޑިން ޕްރޮސެސްކޮށް، ވަކި ކަމެއް ކުރުމަށް ނިންމުން ނިންމުމަށް ނަގަނީ އެންމެ 235 މިލިސެކަންޑެވެ. މިއީ އިންސާނުންނާއި ރާމާމަކުނު އެފަދަ ނިންމުންތައް ނިންމުމަށް ނަގާ ވަގުތަށްވުރެ ދެގުނަ އަވަސް މިނެކެވެ. މި އަވަސްމިނުގައި ކާޅަށް ކަންކަމުގައި އަމަލުކުރެވޭކަން ސައިންސްވެރިން ވަނީ ސާބިތުކޮށްދީފަ އެވެ.
އިންސާނުންނާއި ރާމާމަކުނުގެ ސިކުނޑީގެ އޮނިގަނޑާ މުޅިން ތަފާތު އޮނިގަނޑެއް ދޫނިތަކުގެ ސިކުނޑީގައި ހުރިނަމަވެސް، މިފަދަ އަވަސް މިނެއްގައި ނިންމުންތައް ނިންމުމުގެ ގާބިލުކަން ދޫނީގެ ސިކުނޑިއަށް ލިބިގެންވާ ގޮތް މި ދިރާސާއިން ވަނީ ހާމަވެފައެވެ. މި ހޯދުމަކީ ދޫނީގެ ސިކުނޑިން ކަންކަން ދެނެގަނެ، އަވަސް ނިންމުންތައް ނިންމާ ގޮތް އިތުރަށް ދެނެގަތުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.