ads
އެނާޖީ ޑްރިންކެއް ބޮއެގެން 15 އަހަރުގެ ކުއްޖެއްގެ ފުރާނައަށް ނުރައްކާވެއްޖެ
ސަމާލުވޭ: އެނާޖީ ޑްރިންކެއް ބޮއެގެން 15 އަހަރުގެ ކުއްޖެއްގެ ފުރާނައަށް ނުރައްކާވެއްޖެ!
އާ އެނާޖީ ޑްރިންކެއް ބުއިތާ މަދު މިނެޓުކޮޅެއްގެ ތެރޭގައި 15 އަހަރުގެ ފިރިހެން ކުއްޖަކަށް ފުރާނައަށް ނުރައްކާވާ ވަރުގެ ނުރައްކާތެރި އެލާޖިކް ރިއެކްޝަނެއް (އެނަފިލެކްސިސް) ކުރިމަތިވެއްޖެ އެވެ. މި ހާދިސާގެ މައުލޫމާތު މެޑިކަލް ރިސާޗަރުން ހާމަކޮށްފައިވަނީ އެމެރިކަން ކޮލެޖް އޮފް އެލާޖީ، އެސްތްމާ އެންޑް އިމިއުނޮލޮޖީ (އޭސީއޭއޭއައި) ގެ އަހަރީ ބައްދަލުވުމުގަ އެވެ.
Advertisement

ތަހުގީގުކުރި މެޑިކަލް ރިސާޗަރުން ހާމަކުރެއްވި ގޮތުގައި، މި ކުއްޖާއަށް މިފަދަ ނުރައްކާތެރި އެލާޖިކް ރިއެކްޝަނެއް ކުރިމަތިވާން މެދުވެރިވީ އެ އެނާޖީ ޑްރިންކުގައި ހިމެނޭ، އުއްމީދު ނުކުރާ ފަދަ މާއްދާއެއްގެ ސަބަބުންނެވެ. އެއީ އެ ބުއިމުގައި ހިމެނޭ ކޮޑް މަހުން ނަގާފައިވާ ފަސް ގްރާމްގެ ފިޝް ކޮލެޖެން އެވެ.

މި ހާދިސާއަކީ އެނާޖީ ޑްރިންކްތައް ބޭނުންކުރާ ފަރާތްތަކުން، ހާއްސަކޮށް އެލާޖީގެ މައްސަލަތައް ހުންނަ ކުދިންނާއި ބޮޑެތި މީހުން، އެ ބުއިންތަކުގައި ހިމެނޭ މާއްދާތަކަށް ސަމާލުވާންޖެހޭކަން ހާމަކޮށްދޭ ކަމެކެވެ. ބުއިންތައް އުފައްދާ ފަރާތްތަކުން އާންމުކޮށް ބޭނުން ނުކުރާ މާއްދާތައް އެކުލެވޭއިރު، އެފަދަ މާއްދާތަކުގެ ސަބަބުން ނުރައްކާތެރި ސިއްހީ މައްސަލަތައް މެދުވެރިވެދާނެއެވެ.

އޭސީއޭއޭއައި ގެ ބައްދަލުވުމުގައި ސިއްހީ މާހިރުން ވަނީ ކާބޯތަކެތީގެ އެލާޖީ ހުންނަ މީހުން އާ ބުއިންތަކާއި ކާބޯތަކެތި ބޭނުންކުރުމުގެ ކުރިން، އޭގެ ލޭބަލް ރަނގަޅަށް ކިޔައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭކަން ހަނދާންކޮށްދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް