ads
އޭއައިގެ އެހީގައި ލޯ އަނދިރި މީހުންގެ ފެނުން އިއާދަކުރުމުގައި ބޮޑު ކުރިއެރުމެއް
ލޯ އަނދިރި މީހުންގެ ފެނުން އިއާދަކުރުމުގައި ބޮޑު ކުރިއެރުމެއް
ސައިންސްވެރިން ވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ތައްޔާރުކުރި އަލްގޮރިޒަމެއްގެ އެހީގައި، ލޯ އަނދިރި މީހުންނަށް ފެނުން އިއާދަކޮށްދިނުމަށް ތަރައްގީކުރަމުންދާ ބަޔޮނިކް ވިޒަން ޓެކްނޮލޮޖީ މީގެ ކުރިން ނުލިބޭ މިންވަރަށް އިތުރަށް ސާފުކޮށް، ހަރުދަނާކޮށްފައެވެ. މިއީ ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ.
Advertisement

މި ޓެކްނޮލޮޖީގައި އޭއައި އަލްގޮރިޒަމް ބޭނުންކުރަނީ، ލޯ އަނދިރިވެފައިވާ ބަލިމީހުންގެ ސިކުނޑިއަށް ލައްވާފައިވާ އިމްޕްލާންޓްތަކުން ފޮނުވާ އިލެކްޓްރިކަލް ސްޓިމިއުލޭޝަން ނުވަތަ ކަރަންޓު ސިގްނަލްތަކަށް ސިކުނޑި އިޖާބަދޭ ގޮތް ދެނެގަތުމަށެވެ. އެގޮތުން، ސިކުނޑިން މި ސިގްނަލްތަކަށް އިޖާބަދޭ ގޮތް އޭއައި މެދުވެރިކޮށް ޑީކޯޑުކޮށް، އަލީގެ ޕެޓަރންތައް (ލައިޓް ޕެޓަރންސް) އޭއައިއިން ކުރިއާލައި އަންދާޒާކޮށްދެއެވެ.

މި ނިޒާމުގެ ސަބަބުން ސިކުނޑިއަށް އަލީގެ އިހުސާސްތައް އެންމެ ރަނގަޅަށް ގެނެސްދީ، ލޯ އަނދިރި މީހުންނަށް އާންމު ދިރިއުޅުމުގައި ބޭނުންކުރެވޭނެ ފަދަ މިންވަރަކަށް ފެނުން (ފަންކްޝަނަލް ވިޒަން) އިއާދަކޮށްދިނުމުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދިފައެވެ.

ތަޖުރިބާގެ މަރުހަލާގައިވާ މި ބަޔޮނިކް ވިޜަން ޓެކްނޮލޮޖީ، އޭއައިގެ އެހީގައި އިތުރަށް ފުރިހަމަވެގެން ދިއުމަކީ، ކުރިއަށް އޮތް ތަނުގައި ލޯ އަނދިރި މީހުންގެ ފެނުމުގެ ގާބިލުކަން އިތުރުކުރުމަށް ހުޅުވިގެންދިޔަ މުހިންމު ދޮރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް