ads
ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އެދޭ
ކުރީގެ ފޯން ނަމްބަރުކަމަށް ބުނެ އޮޅުވާލައިގެން ކުރާ ސްކޭމްތައް ގިނަވަނީ
އޯޓީޕީ ހޯދައިގެން އީ-ސިމްއަށް ބަދަލުކޮށް ބޭންކް އަދި ސޯޝަލް މީޑިއާ އެކައުންޓްތައް ކޮމްޕްރޮމައިޒްކޮށްގެން ހިންގާ ސްކޭމްތަކާއި، ހުއްދަނެތި ޑިޖިޓަލް ވޮލެޓް ހަދައިގެން ހިންގާ ސްކޭމްތައް އިތުރުވަމުންދާތީ، އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުންގެ އިލްތިމާސްކޮށްފި އެވެ.
Advertisement


 ފުލުހުން ބުނީ ފާއިތުވި މަސްދުވަހަށް ބަލާއިރު ތަހުގީގުތަކުން ދައްކާ ގޮތުގައި، މަކަރާއި ހީލަތް ހަދާ ފަރާތްތަކުން ދަނީ އޮޅުވާލައިގެން ކުރާ ފޯނު ކޯލްތަކާއި ފޮނުވާ ޓެކްސްޓް މެސެޖުތަކުގެ ޒަރީއާއިން ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ) އަދި ވެރިފިކޭޝަން ލިންކުތައް ހޯދުމަށް މަސައްކަތް ކުރަމުންކަމަށެވެ.

އެގޮތުން މިހާރު އެންމެ އާންމުކޮށް ބޭނުންކުރަމުންދާ އެއް އުކުޅަކީ، ޝިކާރައަކަށްވާ މީހާއަށް ގުޅައި، ގުޅާ މީހާ މިހާރު ބޭނުންކުރާ މޮބައިލް ނަންބަރަކީ މީގެ ކުރިން އެ މީހާ ބޭނުންކުރި ނަންބަރެއް ކަމަށް ބުނެ އޮޅުވާލައިގެން ކޯޑު ހޯދައި، ބޭންކް އަދި ޑިޖިޓަލް ވޮލެޓްތަކުގެ އޯޓީޕީ ޗެނަލްތަކާއި ސޯޝަލް މީޑިއާ އެކައުންޓްތައް ކޮމްޕްރޮމައިޒްކުރުން ކަމަށެވެ.

އަދި ދާދި ފަހުން ރާއްޖެއިން ބޭރުން އައިސް އުޅޭ ކަމަށާއި، ކުރީގެ އީމެއިލް ނުވަތަ ސޯޝަލް މީޑިއާ އެކައުންޓްތައް އަލުން ހޯދަން (ރިކަވަރ ކުރަން) ބޭނުންވާ ކަމަށް ބުނެ، ފޯނަށް އަންނަ ވެރިފިކޭޝަން ކޯޑު ހޯދުމަށް މަކަރާއި ހީލަތުން ދަނީ މަސައްކަތްކުރަމުންކަމަށް ފުލުހުން ބުނެ އެވެ.

ހުއްދަނެތި އީ-ސިމް (eSIM) ރަޖިސްޓްރީކުރުން: ސްކޭމް ކުރާ ފަރާތްތަކުން އެ މީހުންގެ އަމިއްލަ ފޯނަށް، ޝިކާރައަކަށްވާ މީހާގެ މޮބައިލް ނަންބަރު އީ-ސިމް މެދުވެރިކޮށް ބަދަލުކާކަަމަށް ފުލުހުން ބުނެ އެވެ. މީގެ ސަބަބުން އެ މީހާގެ ފޯނު ލައިން ކުށްކުރާ މީހުންގެ ކޮންޓްރޯލްގެ ދަށަށް ގޮސް، ކުރިއަށް އަންނަން ހުންނަ ހުރިހާ ފޯނު ކޯލްތަކާއި ބޭންކިންގ އެސްއެމްއެސް އެލާޓްތައް އެ މީހުންނަށް ލިބޭކަަމަށްވެސް ފުލުހުން ބުނެ އެވެ.

ޑިޖިޓަލް ވޮލެޓް ހެދުން: ކޮމްޕްރޮމައިޒްވެފައިވާ މޮބައިލް ނަންބަރާއި ޒާތީ މައުލޫމާތު ބޭނުންކޮށްގެން، ޝިކާރައަކަށްވާ މީހާގެ ނަމުގައި ހުއްދަނެތި ޑިޖިޓަލް ވޮލެޓްތައް ހަދައި، ހުއްދަނެތި މުއާމަލާތްތައް ހިންގަމުން އަންނަކަމަށްވެސް ފުލުހުން ބުނެ އެވެ.

ހުއްދަނެތި ފައިސާގެ މުއާމަލާތްތައް ހިންގުން: ވަގަށް ނަގާ މައުލޫމާތުތައް ބޭނުންކޮށްގެން ބޭންކް އެކައުންޓްތަކަށް ހުއްދަނެތި ވަދެ، އެކައުންޓުން ފައިސާ ޓްރާންސްފަރކޮށް، ބޮޑެތި މާލީ ގެއްލުންތައް ދަނީ ކުރިމަތިކުރުވަމުންކަަމަށްވެސް ފުލުހުން ބުނެ އެވެ.

އެއްވެސް ހާލެއްގައި އޯޓީޕީ ނުވަތަ ލިންކު ހިއްސާނުކުރުން: އެއްވެސް ފަރާތަކާ ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ)، ޕިން (PIN)، ނުވަތަ ވެރިފިކޭޝަން ލިންކެއް ހިއްސާނުކުރާށެވެ. ގުޅި ފަރާތަކީ ތިޔަބޭފުޅާގެ ނަންބަރު ކުރިން ބޭނުންކުރި މީހާ ކަމަށް ބުނި ކަމުގައި ވިޔަސް، ރައްޓެއްސެއް ކަމަށް ބުނި ކަމުގައި ވިޔަސް، ނުވަތަ ބޭންކަކުން ނުވަތަ ޓެލެކޮމް ކުންފުންޏަކުން ގުޅި ފަރާތެއް ކަމަށް ބުނި ކަމުގައި ވިޔަސްމެއެވެ.

 ގުޅާ ފަރާތްތަކުގެ ވާހަކަތައް ކަށަވަރުކުރުން: އެކައުންޓް ރިކަވަރ ކުރުމަށް ކޯޑެއް ބޭނުންވާ ކަމަށް ބުނެ، ނޭނގޭ ނަންބަރުތަކުން ގުޅައި ކުއްލި ކަމެއްގެ ގޮތުގައި ދައްކައިގެން ކުރާ އާދޭސްތަކަށް ސަމާލުކަން ނުދޭށެވެ. އެކައުންޓް އަލުން ހޯދުމުގެ ރަސްމީ މަރުހަލާތަކުގައި، ކުރިން ބޭނުންކޮށްފައިވާ ފޯނު ނަންބަރެއް މިހާރު ގެންގުޅޭ ފަރާތަކާ ގުޅާކަށް ދުވަހަކުވެސް ނުޖެހޭނެއެވެ.

މޮބައިލް ކަނެކްޓިވިޓީއަށް ސަމާލުވުން: އެއްވެސް ސަބަބަކާ ނުލައި ކުއްލިއަކަށް އަމިއްލަ ފިޒިކަލް ސިމް ކާޑުން ނެޓްވޯކް ސިގްނަލް ގެއްލިއްޖެނަމަ، ލަސްނުކުރައްވާ ވަގުތުން ޓެލެކޮމިއުނިކޭޝަން ޕްރޮވައިޑަރަށް ގުޅަން ފުލުހުން އެދއެވެ. އަދި . އޭފެ ސަބަބަކީ އެއީ  ހުއްދައަކާ ނުލައި އީ-ސިމް (eSIM) ބަދަލުކޮށްފައިވާ ކަމުގެ ނިޝާނަކަށް ވެދާނެތީކަމަށް ފުލުހުން ބުނެ އެވެ.

ޝައްކުކުރެވޭ ކަންކަން ރިޕޯޓުކުރުން: ޝައްކުކުރެވޭ ފަދަ ފޯނު ކޯލެއް ނުވަތަ މެސެޖެއް ލިބިއްޖެނަމަ، ނުވަތަ އަމިއްލަ އެކައުންޓަކަށް އެހެން ފަރާތަކުން ވަދެފައިވާކަމަށް ޝައްކުކުރެވޭނަމަ، ލަސްނުކުރައްވާ ވަގުތުން އެކަން ނޭޝަނަލް އިމަޖެންސީ ސެންޓަރުގެ ނަންބަރު 911 އަށް ރިޕޯޓުކުރަން ފުލުހުން އެދެއެވެ. އަދި އެކައުންޓްތައް ފްރީޒްކުރުމަށްޓަކައި އެ ބޭންކަކާ ގުޅުާ އެންގުމަށްވެސް ފުލުހުން އެދެއެވެ. މީގެއިތުރުން، ސޯޝަލް މީޑިއާ އެކައުންޓްތައް ރިކަވަރކުރުމަށް އެ ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގެ ސަޕޯޓްގެ އެހީ ނުވަތަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ސެންޓަރުގެ އެހީ ހޯދުމަށްވެސް ފުލުހުން އެދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް