މި ޓެކްނިކަލް މައްސަލައިގެ ސަބަބުން އެއާލައިންތަކުން ކަސްޓަމަރުންނާ މުއާމަލާތްކުރުމަށް ބޭނުންކުރާ ވަސީލަތްތަކާއި، ކަސްޓަމަރުންގެ ފީޑްބެކް މެނޭޖްކުރާ ޕްލެޓްފޯމްތަކުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ. ނަމަވެސް، މައިކްރޯސޮފްޓްގެ ސާވާތަކަށް މި މައްސަލަ ދިމާވި ނަމަވެސް، އެއާލައިންތަކުގެ ފްލައިޓް ދަތުރުތަކަށް އެއްވެސް ހުއްޓުމެއް ނައުމާއެކު ދަތުރުތައް ވަނީ ކުރިއަށް ގޮސްފައެވެ.
ޚިދުމަތްތަކަށް ބުރޫއެރުމާ ގުޅިގެން، ކަމާބެހޭ އެއާލައިންތަކުން ވަނީ ދަތުރުވެރިންނަށް ޚާއްސަ ކުއްލި އެންގުމެއް ނެރެފައެވެ. މި އެންގުމުގައި، އެއާލައިންތަކާ ގުޅުމަށްޓަކައި އާންމުކޮށް ބޭނުންކުރާ ނިޒާމުތަކުގެ ބަދަލުގައި، މައުލޫމާތު ސާފުކުރުމަށް އެހެނިހެން ބަދަލު ވަސީލަތްތައް ބޭނުންކުރުމަށް ކަސްޓަމަރުންގެ ކިބައިން ވަނީ އެދިފައެވެ.
މި ހާދިސާއާ ގުޅިގެން އެއާލައިންތަކުން ދަނީ ކަސްޓަމަރުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށްޓަކައި އަވަސް އިޖާބައެއް ދެވޭނެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. އަދި މައިކްރޯސޮފްޓްގެ ކްލައުޑް ޚިދުމަތްތައް އާދައިގެ ހާލަތަށް ގެނައުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.