ads
ނަސްރުގެ ދުވަހުގެ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ
ދަރަނީގެ އަޅުވެތިކަމުގައި ފަނާވާން ނުތިބެ ފުދުންތެރިކަމުގެ ފަތިހަކަށް މަރުހަބާ ކިޔާން ޖެހޭ: ރަައީސް
ދަރަނީގެ އަޅުވެތިކަމުގައި ފަނާވާން ނުތިބެ ފުދުންތެރިކަމުގެ ފަތިހަކަށް މަރުހަބާ ކިޔާން އެބަ ޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ ހުރަވީ ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ދަންނަވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ހުރަވީ ދުވަހުގެ ހާދިސާއަށް ގާތްގަނޑަކަށް ތިން ޤަރުނު ފުރެން ކައިރިވަމުން އަންނަ އިރު، މިއަދު ދުނިޔޭގެ ކަންކަން ހިނގާ ގޮތާއި، މިއަދު މިނިވަންކަން ދިފާއުކުރަން ޖެހޭ ގޮތާ މި ކަންކަމަށް ފުންކޮށް ވިސްނުން ވަރަށް މުހިންމުކަމަށެެވެ. އެގޮތުން ތާރީހުގެ ލޯގަނޑުން ދައްކާ މަންޒަރުން ފިލާވަޅު ލިބިގަނެ، މުސްތަޤްބަލުގެ މޫނު އުޖާލާކުރަން އެބަޖެހޭކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

ރައީސް  ވިދާޅުވީ ސިޔާސީ ޖަޒުބާތަކުގެ ކުރިޔަށް ޤައުމީ އިހްލާސްތެރިކަން ނެރެން އެބަ ޖެހޭކަމަށެވެ. އަދި ޒާތީ އަރާރުންތަކުގެ ކުރިޔަށް ޖަމާއަތުގެ ބާއްޖަވެރިކަން އިސްކުރަން އެބަ ޖެހޭކަމަށެވެ. އަދި ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމާއި ރައްޔިތުން އިސްކޮށް ދަރަނި ސަލާމާތް ފާގަތިކަމަށް މަރުހަބާ ކިޔަންޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

" ވެރިކަމުގެ ދަހިވެތިކަމާއި ހަސަދަވެރިކަމުގެ ކުރިޔަށް ޤައުމީ ސަލާމަތާއި، ފުދުންތެރިކަމާއި، ދިވެހި ކޮންމެ ފަރުދެއްގެ އުފާވެރިކަމަށް ތަންދޭން އެބަ ޖެހޭ. ދަރަނީގެ އަޅުވެތިކަމުގައި ފަނާވާން ނުތިބެ ފުދުންތެރިކަމުގެ ފާގަތި ފަތިހަކަށް މަރުޙަބާ ކިޔާން އެބަ ޖެހޭ." ރައީސް މުއިއްޒުގެ ޕޯސްޓުގައި ވެއެވެ.

ހުރަވީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ހިޖުރީ ގޮތުން ޖުމާދަލްއާހިރާ މަހުގެ 3 ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް