ads
ރޭގެ އެއްވުމުގައި ބައިވެރިވި މީހުން. ފޮޓޯ/ ގައުމީ ހަރަކާތް
ރަސްމާލެ މަޝްރޫއާ ދެކޮޅަށް ރޭގެ އެއްވުމުގައި 6000 މީހުން ބައިވެރިވި: ގައުމީ ހަރަކާތް
ރަސްމާލޭއިން ހިއްކާ ބިން އީގްލަސް ހިލްސްއަށް ދިނުމާއި ދެކޮޅަށް ރޭ ބޭއްވި އެއްވުމުގައި 6000 މީހުން ބައިވެރިވިކަަމސް އެ ހަރަކާތް ރޭވި ގައުމީ ހަރަކާތް ބުނެފި އެވެ.
Advertisement

ރޭ މާލެއަށް ވިއްސާރަކުރި ނަމަވެސް ދިވެހިންގެ ބިން ދިވެހިންނަށް ގެ ނަމުގައި ރޭ އާޓިފިޝަލް ބީޗުގައި ކުރިޔަށް ގެންދިޔަ ހަރަކާތުގައި ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފަ އެވެ. 

އެ ހަރަކާތް އިންތިޒާމު ކުރި ގައުމީ ހަރަކާތުން ބުނީ 6000 ދިވެހި ރައްޔިތުން ރޭ އާޓިފިސަލް ބީޗަށް ނިކުމެ ރައީސް މުއިއްޒުއަށް ދިވެހި ރައްޔިތުން ތިބިގޮތް ވަރަށްސާފުކޮށް ދައްކާލަދީފައިވާކަމަށެވެ.

އަދި އެއްވެސް އެހެން ރަށަކުން މީހަކު ނުގެނެސް ވިއްސާރަ ރެއެއްގައި އެއްވެސް މަޖުބޫރުކަމެއްނެތި "ދިވެހިންގެ ބިން ދިވެހިންނަށް" ގައުމީ ހަރަކާތުން ގޮވާލި ގޮވާލުމަށް މުޅި އާޓިފިސަލް ބީޗްފުރާލަދިނުމުން ހާމަ ކޮށްދެނީ ރަސްމާލެ ހިލޭ ޒަޔަނިސްޓުނަށް ވަޒަންވެރިކުރުވަންއުޅޭ އުޅުމަކީ ދިވެހި ރައްޔިތުން ނުހަނު ކަންބޮޑުވާ މައްސަލައެއްކަމަށެވެ. އަދި ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކަށް ދާންޖެހޭކަންވެސް ރޭގައި ރައްޔިތުން ބުނެ ދީފިކަމަށް އެ ހަރަކާތުން ބުނެ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް