ads
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ކުރިން މިނިސްޓަރުކަން ކުރެއްވި ރާޝިދާ ޔޫސުފް، ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް
ކޮންމެ މަސައްކަތަކީ އިހްތިރާމް ލިބިގެންވާ މަސައްކަތަކަށް ހަދަން ކެމްޕެއިނެތް ފަށަން އެބަޖެހޭ: ރާޝިދާ
ކޮންމެ މަސައްކަތަކީ އިހްތިރާމް ލިބިގެންވާ މަސައްކަތަކަށް ހަދަން ކެމްޕެއިނެތް ފަށަން ޖެހޭ ކަމަށް ރާއްޖޭގެ ފުރަތަމަ ޔޫތު އަދި އަންހެނުންގެ މިނިސްޓަރު، ރާޝިދާ ޔޫސުފް ވިދާޅުވެއްޖެ އެވެ.
Advertisement

ރާޝިދާ ޝޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބިދޭސީ މަސައްކަތު މީހުންނަށް ބަރޯސާނުވެ، ކޮންމެ މަސައްކަތަކީ އިހްތިރާމް ލިބިގެންވާ މަސައްކަތެއް ކަމުގައި ދެކިގެން މުރާލި ކަމާއެކު މަސައްކަތްކުރަން ދިވެހިން ނެރުމުގެ ގައުމީ ކެމްޕެއިނެތް ފަށަން ޖެހޭ ކަމަށެވެ. 

މަސައްކަތްކުރަން ދިވެހިން ނެރުމުގެ ގައުމީ ކެމްޕެއިނެތް ފަށަން ރާޝިދާ ވިދާޅުވިއިރު "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ރައްޔިތުންގެ މަންފާއަށް ކަމަށް ބުނެ، ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި، ބޭނުން ކުރުން ކުޑަ ކުރުމަށްޓަކައި ސަރުކާރު ރޯލް މިހާރަށްވުރެ ސާފުކޮށް ބަޔާން ކުރުމަށް ގޮވާލާފަ އެވެ.

ނަތީޖާ:

  • ސަރުކާރުތަކުގެ މައިގަނޑު މަސްއޫލިއްޔަތަކީ ރާއްޖޭގެ ދިގުރާސްތާގެ ޕްލޭނާއެއްގޮތަށް ގައުމު ކުރިއެރުވުމަށް އެކަށައަޅަން ޖެހޭ ސިޔާސަތުތައް އެކަށައަޅައި، ސިޔާސަތުތަކާއެއްގޮތަށް ހިންގާތޯ ޔަގީން ކުރުމާއި ދިގުރާސްތާގެ ތަރައްގީގެ ޕްލޭން ތަންފީޒުވާކަން ޔަގީން ކުރުމާއި، އެހެން ގައުމުތަކާ ވާދަކޮށް ކުރި ހޯދާ ގައުމަކަށް ރާއްޖެވުން

މީގެ އިތުރުން އެދޭ ރާއްޖެ އިން ވަނީ ގާނޫނު އަސާސީން ރައްކާތެރިކަން ލިބިފައިވާ ގައުމީ ތަސައްވުރަކާއި ގައުމީ ތަރައްގީގެ ޕްލޭނަކަށް ރާއްޖެ ތަރައްގީ ކުރުން ލާޒިމް ކުރުމަށާއި އަތޮޅު ވަސީލަތްތަކަށް ގޮތް ނިންމުގައި އަތޮޅުގެ ބަހެއްގެ  ހޯދުމަށް ލާޒިމް ކުރާގޮތަށް ކަނޑައަޅައި، އަތޮޅު ހިންގުމުގައި ރައްޔިތުންގެ ޝާމިލުވުން އިތުރުކުރުމާއެކު އަތޮޅު ހިންގަން އިތުރަށް ބާރު ދިނުމަށް ވެސް ގޮވާލާފައި އެވެ.

ނަތީޖާ:

  • މުޅި ރާއްޖެ ހިއްސާވާ ތަރައްގީގެ ތަސައްވުރެއް އެކުލަވާލެވި، ކޮންމެ ސަރުކާރެއް އޮތް ކަމުގައި ވިޔަސް، ގައުމީ ތަރައްގީގެ ޕްލޭނަށް ރާއްޖެ ތަރައްގީ ކުރުން ލާޒިމް ވުމާއި ހަރުދަނާ ލާމަރުކަޒީ ނިޒާމެއް އެކުލަވާލެވި، އަތޮޅުގެ ވަސީލަތަކަށް އިތުރު ރައްކާތެރިކަމެއް ލިބި، ރާއްޖޭގެ ތަރައްގީގެ ދުވެލި ހަލުވި ވެގެންދިޔުން

ރާޝިދާ މިފަދައިން ވިދާޅުވިއިރު ދިވެހި މުޖުތަމައުގައި އެކަކު އަނެކަކަށް އިހްތިރާމްކުރުމުގެ ރިވެތި އާދަތައް އަލުން ދިރުވައި އާލާކުރުމަށް ސަރުކާރުން މިފަހުން ވަނީ ގައުމީ މަޝްރޫއު ކަމަށްވާ "އިހްތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ރަސްމީކޮށް ފަށައިފަ އެވެ.

މީގެ މަގުސަދަކީ ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް އަދަބު އިހްތިރާމް ކުރުމާއި، މާތް އަހްލާގީ ސިފަތައް އަލުން ދިރުވައި، މުޖުތަމައުގެ ގުޅުންތައް ބަދަހިކުރުން ކަމަށް ސަރުކާރުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް