ads
ފެނަކަ ކޯޕަރޭޝަންގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަރުހަލާގައި މަސައްކަތް ކުރި މުވައްޒަފުންގެ އަގުވަޒަން ކުރުމަށް އިއްޔެ ބޭއްވި ހާއްސަ ހަފްލާ - ފޮޓޯ: ސްޓެލްކޯ
ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދިނުމަށް ސްޓެލްކޯގެ މުވައްޒަފުން މަސައްކަތް ކުރާނެ: އަޒުވަރު
ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދިނުމަށް ސްޓެލްކޯގެ މުވައްޒަފުން ހުއްޓުމެއްނެތި މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. އަޒްވަރު ވިދާޅުވެއްޖެ އެވެ.
Advertisement

ފެނަކަ ކޯޕަރޭޝަންގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަރުހަލާގައި މަސައްކަތް ކުރި މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ބޭއްވި ހާއްސަ ހަފުލާގާއި އަޒުވަރު ވިދާޅުވީ މުވައްޒަފުން ކުރި ބުރަ މަސައްކަތުން ކަނޑައެޅި މުއްދަތަށް މަސައްކަތް ނިންމާލާފައިވާ ކަމަށެވެ.

މީގެއިތުރުން، އިތުބާރު ހުރި ހިދުމަތެއް ލިބޭ ތަނެއްގެ ގޮތުގައި ސްޓެލްކޯގެ ބްރޭންޑް މިހާރުވެސް ހިފެހެއްޓިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ފެނަކައިގެ އިންވެސްޓްމަންޓްތަކާއެކު ދިވެހިރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އެއް ކުންފުނީގެ ގޮތުގައި މިހާރު އެންމެން ގުޅިގެން ކުރިއަށްދާއިރު، ރައްޔިތުންނާއި ސަރުކާރުން ކުރާ އުންމީދުތައް ހަގީގަތަކަށް ހެދުމުގެ ޒިންމާގެ ބޮޑުކަން އިހުސާސްކުރެއްވޭ ކަމަށް އެމްޑީ ވިދާޅުވި އެވެ.

“މި ޒިންމާއަކީ އަޅުގަނޑުމެން ހުރިހާ އެންމެންގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާއެއް. އެކަމަށްޓަކައި އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ،" އެމްޑީ ވިދާޅުވި އެވެ.

ބޮޑެތި އާބާދީތަކުގެ ހިދުމަތްތައް ތަރައްގީ ކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަށް ރާވާފައިވާ ކަމަށާއި ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތަކުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ އުނދަގޫތައް ހައްލުކުރުމަށްޓަކައި އެ ތަންތަން ދުރަށް ބަދަލުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް އަޒުވަރު ވިދާޅުވި އެވެ.

އެ މަސައްކަތުގައި ހުރިހާ މުވައްޒަފުންގެ އެއްބާރުލުމަށް އެދިވަޑައިގަންނަވަމުން، ހިދުމަތުގެ ފެންވަރު މަތިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަށް އަޒްވަރު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް