ads
ކޮންގްރެސް ޕާޓީއާ އަދާލަތު ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށް ރަސްމީކޮށް އެއްބަސްވުން --
ކޮންގްރެސް ޕާޓީ އާއި އަދާލަތު ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށް ރަސްމީކޮށް އެއްބަސްވެއްޖެ
ކޮންގްރެސް ޕާޓީއާ އަދާލަތު ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށް ރަސްމީކޮށް އެއްބަސްވެއްޖެ އެވެ.
Advertisement

ބާސެލޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ޕީއެންސީގެ ފަރާތުން ސޮއިކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެވެ. އަދާލަތު ޕާޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް ޝެއިހް މުހައްމަދު ޝިފާނެވެ.

މި ރަސްމިއްޔާތުގައި ރައީސް، ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ކެބިނެޓު ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި ޕީއެންސީ އަދި އަދާލަތު ޕާޓީގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮންގްރެސް ޕާޓީއާ އަދާލަތު ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށް ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކޮށްފައި މިވަނީ ހިނގަމުން މިދާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއާއެކު އިއްތިހާދުވުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ގަރާރަކުން ކަނޑައަޅާފައި ވަނިކޮށެވެ.

ޕީއެންސީއާ އެކު އަދާލަތު ޕާޓީން ކޯލިޝަން ހަދާފައިވާއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެ ޕާޓީގެ އޮތީ އެ ސަރުކާރާ އެކު ކޯލިޝަންގަ އެވެ.

އޭގެކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި ވެސް އަދާލަތު ޕާޓީގެ ބައިވެރިވުން އޮތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް