ads
ކްރިސްޓެން ސްޓްވާޓް އަދި ރޮބަޓް ޕެޓިންސަން
ޖޭމްސް ބޮންޑްގެ އާ ފިލްމުން ޓްވައިލައިޓްގެ ޖޯޑު އަނެއްކާވެސް އެކުގައި ފެނުމުގެ ފުރުސަތު؟
މަޝްހޫރު ޖޭމްސް ބޮންޑް ފިލްމު ސީރީޒްގެ އާ ބޮންޑްގެ ރޯލަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސާފައިވާކަން އެމެޒޯން އެމްޖީއެމް ސްޓޫޑިއޯސްއިން ހޯމަ ދުވަހު ރަސްމީކޮށް އިއުލާނުކުރުމާއެކު، ކުރިއަށް އޮތް ޖޭމްސް ބޮންޑް ފިލްމުގައި ޕެޓިންސަންއާ އެކު ދެން އެންމެ މުހިންމު ރޯލަކުން ފެންނާނެ ތަރިއަކާ މެދު މުނިފޫހިފިލުވުމުގެ ދާއިރާގައި ބޮޑެތި ބަހުސްތަކެއް ވަނީ ފެށިފައެވެ.
Advertisement

މި ދަނޑިވަޅުގައި އެމެރިކާގެ މަޝްހޫރު މުނިފޫހިފިލުވުމުގެ ނޫހެއް ކަމަށްވާ ވޯލްޗާއިން ވަނީ، ޕެޓިންސަންއާ އެކު ދެން އެ ފިލްމަށް އެންމެ ކަމުދާނެ ތަރިއަކީ އޭނާއާ އެކު ޓްވައިލައިޓް ފިލްމުތަކުގައި މަސައްކަތްކުރި ބަތަލާ ކްރިސްޓެން ސްޓްވާޓް ކަމަށް ބުނެ ހިޔާލު ހުށަހަޅާފައެވެ. 2008 އިން 2012 އަށް ނެރުނު ޓްވައިލައިޓް ސާގާގެ ފަސް ފިލްމުގައި އެޑްވާޑް އަދި ބެލާގެ ރޯލުން ދެ ތަރިން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ.

ވޯލްޗާއިން ފާހަގަކުރާ ގޮތުގައި، ޖޭމްސް ބޮންޑްގެ ފްރެންޗައިޒަށް އާ ޖީލެއްގެ ބެލުންތެރިން ޝައުގުވެރިކުރުވުމަށްޓަކައި ކްރިސްޓެން ސްޓްވާޓް ފަދަ ތަރިއެއް ހިމެނުމަކީ ވަރަށް މުހިންމު ކަމަކަށް ވާނެއެވެ. ޓްވައިލައިޓް ފިލްމުތަކަށް ފަހު ފާއިތުވި އަހަރުތަކުގައި މި ދެ ތަރިން ވެސް ވަނީ ތަފާތު އަދި އުނދަގޫ ރޯލުތަކެއް ކުޅެ، އެކްޓިންގެ ދާއިރާގައި އެ މީހުންގެ ގާބިލުކަން ސާބިތުކޮށްދީފައެވެ. 

ނަމަވެސް، ކުރިއަށް އޮތް ޖޭމްސް ބޮންޑް ފިލްމުގެ އެހެން އެއްވެސް ކާސްޓެއްގެ މައުލޫމާތު އެމެޒޯން އެމްޖީއެމް ސްޓޫޑިއޯސްއިން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އެހެންކަމުން، ސްޓޫޑިއޯއިން މި ފިލްމު ކުރިއަށް ގެންދަން ނިންމާފައިވާ މިސްރާބާއި، ޕެޓިންސަންއާ އެކު ދެން ފެންނާނީ ކޮން ތަރިންނެއްކަން އަދި އޮތީ ސިއްރެއްގެ ގޮތުގައެވެ. 

ޓްވައިލައިޓްގެ މަޝްހޫރު ޖޯޑު ކަމަށްވާ ޕެޓިންސަން އަދި ސްޓްވާޓް އަލުން އެއް ފިލްމަކުން ފެނުމަކީ ގިނަ ސަޕޯޓަރުން ވަރަށް ބޮޑަށް އެދޭ ކަމެކެވެ. އެހެންނަމަވެސް، ޖޭމްސް ބޮންޑް ފަދަ ބޮޑު ފިލްމަކަށް މި ދެ ތަރިން އެކުގައި ގެނެސްފި ނަމަ، ފިލްމުގެ އަސްލު ވާހަކައަށް ވުރެ ބޮޑަށް އެއީ ޓްވައިލައިޓްގެ ތަރިން އަލުން އެއްވާ ފިލްމެއްގެ ގޮތުގައި މީހުންގެ ސަމާލުކަން ހުއްޓިދާނެ ކަމަށް ފިލްމީ ދާއިރާގެ ބައެއް ފަރާތްތަކުން ދެކެއެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް