އިނގިރޭސި ސަރުކާރުން ރަސްމީކޮށް ފަށާފައިވާ "ބީ ރެޑީ" ކެމްޕޭނުގެ ދަށުން، ކާރިސާއެއް ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތެއް މެދުވެރިވެއްޖެނަމަ ބޭނުންކުރުމަށްޓަކައި ފުޅިފުޅީގައި ބަންދުކޮށްފައިވާ ފެނާއި ދަޅުގައި ބަންދުކޮށްފައިވާ ކާބޯތަކެތި ރައްކާކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މި އެންގުމާ ގުޅިގެން އިނގިރޭސިވިލާތުގެ މިލިއަން އަދަދެއްގެ ރައްޔިތުން ވަނީ ކުއްލި ގޮތަކަށް އެފަދަ ތަކެތި ގަތުމަށް ފިހާރަތަކަށް އެއްވެ، ތަކެތި ރައްކާކުރަން ފަށާފައެވެ.
މިފަދަ ކުއްލި ހާލަތްތަކުގައި ގައުމީ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތަކާއި އިޖާބަދިނުންތައް އިންތިޒާމުކޮށް ކޯޑިނޭޓްކުރުމަށްޓަކައި، ޚާއްސަ "ރެޒިލިއަންސް މިނިސްޓަރެއް" އައްޔަންކުރުމަށް އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރުން މިހާރު ދަނީ ގޮވާލައްވަމުންނެވެ.
ގާނޫނުހަދާ މަޖިލީހުގެ މެންބަރުން ވިދާޅުވާ ގޮތުގައި، ގައުމީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ސަރުކާރުގެ އިދާރާތަކުން ދޭ އިޖާބަދިނުންތައް އެއްގޮތެއްގައި ކޯޑިނޭޓްކޮށް ހިންގުމަށްޓަކައި އެކަމަށް ޚާއްސަ ކުރެވިފައިވާ މިނިސްޓަރެއް ހުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.