ads
ބޭހަށް ނުގުޑާ ބަލިތަކުގައި 39 މިލިއަން މީހުން މަރުވެދާނެ: ޑަބްލިއުއެޗްއޯ
ޑަބްލިއުއެޗްއޯގެ އިންޒާރެއް: ބޭހަށް ނުގުޑާ ބަލިތަކުގައި 39 މިލިއަން މީހުން މަރުވެދާނެ!
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކުރިއަށްގެންދިޔަ ތަފްސީލީ ދިރާސާއަކުން ދައްކާ ގޮތުގައި، ބޭހަށް ނުގުޑާ ބަލިތަކުގެ ސަބަބުން ކުރިއަށް އޮތް 25 އަހަރުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 39 މިލިއަން މީހުން ސީދާގޮތެއްގައި މަރުވެދާނެއެވެ. މިއީ މުޅި ދުނިޔޭގެ ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ނުރައްކަލެއްގެ ގޮތުގައި ސިއްހީ މާހިރުން ވަނީ ސިފަކުރައްވާފައެވެ.
Advertisement

ސިއްހީ މާހިރުން އިންޒާރު ކުރައްވާ ގޮތުގައި، އެންޓިބަޔޮޓިކްސް ބޭނުންކުރަންޖެހޭ މިންވަރަށްވުރެ އިތުރަށް ބޭނުންކުރުމަކީ ނުރައްކާތެރި "ސުޕާބަގްސް" ނުވަތަ ބޭހަށް ނުގުޑާ ޖަރާސީމުތަކުގެ ނުރައްކާ މުޅި ދުނިޔޭގައި އިތުރުވެ، އެ ތަކެތި ވަރުގަދަވުން އަވަސްކުރުވާ މުހިންމު ސަބަބެކެވެ. މީގެ ސަބަބުން ފުރާނައަށް ނުރައްކާވާ ފަދަ ޖަރާސީމުތައް އާންމުވެ، ބަލިތަކަށް ފަރުވާކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެގެންދެއެވެ.

ޑަބްލިއުއެޗްއޯގެ މައުލޫމާތުތަކަށް ބަލާއިރު، ބޭހަށް ނުގުޑާ ބަލިތަކުގެ މައްސަލަ ހައްލުކުރުމަށްޓަކައި އެންޓިބަޔޮޓިކްސް މިންވަރަށްވުރެ އިތުރަށް ބޭނުންކުރުން ހުއްޓުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މުޅި ދުނިޔޭގައި ވެސް އެންޓިބަޔޮޓިކްސް ނުބައިކޮށް ބޭނުންކުރުން އިތުރުވަމުންދާތީ، އޭގެ ނޭދެވޭ އަސަރު މުޅި އިންސާނިއްޔަތަށް ކުރަމުންދާ ކަމަށް މާހިރުން ފާހަގަކުރައްވައެވެ.

އެހެންކަމުން، ބޭހަށް ނުގުޑާ މައްސަލައަށް ހައްލެއް ހޯދުމަށާއި، ކުރިއަށް އޮތް އަހަރުތަކުގައި މީހުން މަރުވާ މިންވަރު ކުޑަކުރުމަށްޓަކައި، ބޭސް ބޭނުންކުރުމުގެ އާދަތަކަށް ބަދަލުގަނެ، ދުނިޔޭގެ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް މާހިރުން ވަނީ ގޮވާލައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް