ads
މީގެ ކުރިން ބޭއްވި ޒުވާނުންގެ އެވޯޑް ދިނުމުގެ ހަފްލާއެއްގެ ތެރެއިން
ޒުވާނުންގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ޒުވާނުންގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން ހުޅުވާލައިފި އެވެ.
Advertisement

ރާއްޖޭގައި ކޮންމެ އަހަރަކު ވެސް ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހެވެ.

ޔޫތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، އަންނަ އަހަރު އިނާމު ދިނުމަށް ހަމަޖެހިފައި ވަނީ 2025 އިން 2026 އަށް ހުށަހަޅާ ޒުވާނުންނަށް ކަމަށެވެ. އެގޮތުން ތަފާތު 22 ދާއިރާއަކުން އިނާމު ދޭން ނިންމާފައިވާއިރު، އިނާމު ލިބޭ ފަރާތްތަކަށް ހާއްސަ އެވޯޑަކާއި ސެޓްފިކެޓް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:

  • ވިޔަފަރި އާއި އިގްތިސާދު

  • ކްރިއޭޓިވް އިކޮނޮމީ (ޓެކްނޮލޮޖީ އަދި ޑިޖިޓަލައިޒޭޝަން)

  • އާޓްސް އެންޑް ކަލްޗާ (ފަންނުވެރިކަމާއި ސަގާފަތް ދިރުވުން)

  • މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުން

  • ހުނަރުވެރި މަސައްކަތް ދަސްކޮށްދިނުން (ވޮކޭޝަނަލް ޓްރެއިނިން)

  • ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން

  • ތިމާވެށި

  • މިންތީގެ ހަމަހަމަކަމަށް މަސައްކަތްކުރުން

  • ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުމަށް މަސައްކަތްކުރުން

  • ދިވެހި ބަސް ކުރިއަރުވައި އާލާކުރުން

  • ދިރާސާކުރުން އަދި އާ އުފެއްދުންތައް

  • ޓޫރިޒަމް

  • ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ

  • ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރުން

  • ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން

  • އިސްލާމްދީން

  • ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް މަސައްކަތްކުރުން

  • ވޮލެންޓިއަރިޒަމް

  • މަސްވެރިކަން

  • ހަށިހެޔޮ ސިއްހަތެއް ބިނާކުރުން

  • ދަނޑުވެރިކަން

  • ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ

މި އިނާމަށް ޝަރުތުހަމަވާ ޒުވާނުން އަންނަ ޑިސެމްބަރު މަހުގެ 31 ގެ ކުރިން ފޯމު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ. އިނާމަށް ކުރިމަތިލުމަށް އެދޭ ފޯމު މިނިސްޓްރީގެ ވެބްސައިޓް ލިންކު މެދުވެރިކޮށް އަދި ވެލާނާގޭގެ 3 ވަނަ ފަންގިފިލާގެ މެއިން ރިސެޕްޝަނުން ލިބެން ހުންނާނެ އެވެ.

ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށެވެ. އަދި އޮންލައިންކޮށް ހުށަހަޅާ ފަރާތްތަކުން މިނިސްޓްރީގެ އީމެއިލް [email protected] މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށް ވެސް އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ.

ޒުވާނުންގެ އިނާމަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުން ކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް، ހިތްވަރު ދިނުމުގެ ގޮތުން ދެމުން އަންނަ އިނާމެކެވެ. މިއީ މުޖުތަމައަށް ފައިދާހުރި، އުފެއްދުންތެރި އަދި ޒިންމާދާރު ބަޔަކަށް ޒުވާނުން ހެދުމަށް ބާރުއެޅުމުގެ މަގުސަދުގައި ދޭ ހާއްސަ އެވޯޑެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް