ads
ސްޓެލްކޯގެ އިންޖިނިއަރުން މަސައްކަތެއްގައި
މާލޭން ކަރަންޓު ކެނޑުނު ހުރިހާ ހިސާބަކަށް އަލުން ކަރަންޓު ދީފިން: ސްޓެލްކޯ
މާލޭން ކަރަންޓު ކެނޑުނު ހުރިހާ ހިސާބަކަށް އަލުން ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
Advertisement

މާލެއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސްޓެލްކޯއިން މިއަދު 14:25ގައި ކުރި ޕޯސްޓެއްގައި ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މައްޗަންގޮޅިއާއި މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

އެ މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ބުނެ، ސްޓެލްކޯއިން އޭރު ވަނީ ދިމާވާނެ ދަތިތަކަށް މައާފަށް އެދިފަ އެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅޭ މާލޭގެ އެކި ސަރަހައްދުތަކުން ދޭތެރެއަކުން ކަރަންޓު ކެނޑެ އެވެ. އާންމު ގޮތެއްގައި އެފަދަ މައްސަލަތައް ދިމާވާތާ މާ ގިނަ ވަގުތެއް ނުވެ، ހިދުމަތް އަލުން ފޯރުކޮށްދެ އެވެ. އެގޮތުން ސްޓެލްކޯއިން ވަނީ މާލޭން ކަރަންޓު ކެނޑުނު ހުރިހާ ހިސާބަކަށް އަލުން ކަރަންޓު ދީފައިވާ ކަމަށް ބުނެފަ އެވެ.

މާލޭން ކަރަންޓު ކެނޑެން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި މަގު ހެދުން ފަދަ މަސައްކަތްތަކުގެ ތެރެއިން ކޭބަލް ބުރިވުން ފަދަ މައްސަލަތައް ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް