ads
ކުލި ނުދެއްކިޔަސް ވަގުތުން ގެއިން ނެރެނުލެވޭ ގޮތް ހަދައިފި
ކުލި ނުދެއްކިޔަސް ވަގުތުން ގެއިން ނެރެނުލެވޭ ގޮތް ހަދައިފި
އެމެރިކާގެ ސެން ފްރެންސިސްކޯގެ ސިޓީ ހައުސިންގ އޮތޯރިޓީން ކުއްޔަށް އުޅޭ މީހުންގެ ގަވާއިދުތަކަށް މުހިންމު ބަދަލުތަކެއް ގެނެސް، ކުލި ނުދެއްކި ނަމަވެސް ވަގުތުން ގެއިން ނެރެނުލެވޭ ގޮތަށް އުސޫލުތައް އިސްލާހުކޮށްފިއެވެ. 20 ނޮވެމްބަރު 2026 ގައި އާންމުކުރި މި ނިންމުމާއެކު، ކުއްޔަށް އުޅޭ ފަރާތްތަކަށް ބޮޑެތި ރައްކާތެރިކަމެއް ލިބިގެންދާނެއެވެ.
Advertisement

އަލަށް އަމަލުކުރަން ފެށި ގަވާއިދުގައިވާ ގޮތުން، ގޭގޭގެ ވެރިފަރާތްތަކަށް ކުލި ނުދައްކައިގެން ކުއްޔަށް އުޅޭ މީހުން ގެއިން ނެރުމުގެ ފިޔަވަޅު އެޅޭނީ ވަކި މިންގަނޑަކަށްވުރެ ނުދައްކާ އޮތް ފައިސާ އިތުރުވުމުންނެވެ. އެއީ ދައްކަންޖެހޭ ނުދައްކާ ކުލީގެ ޖުމްލަ އަދަދު، ފެޑެރަލް ފެއަރ މާކެޓް ރެންޓްގެ އެއް މަސްދުވަހުގެ މިންގަނޑަށްވުރެ އިތުރުވާ ހާލަތްތަކުގައި އެކަންޏެވެ.

ސެން ފްރެންސިސްކޯގެ ހައުސިންގ އޮތޯރިޓީގެ މި ނިންމުމުގެ ސަބަބުން، ކުޑަ އަދަދެއްގެ ކުލި ނުދެއްކި ލަސްވުމުގެ ސަބަބުން ވަގުތުން ގެއިން ނެރެލުމުގެ ފުރުސަތު ގޭގޭގެ ވެރިފަރާތްތަކަށް މިހާރަކު ނޮންނާނެއެވެ. މިއީ މާލީ ދަތިކަމެއް ދިމާވާ ހާލަތްތަކުގައި ކުއްޔަށް އުޅޭ މީހުންނަށް އެކަށީގެންވާ ވަގުތު ހޯދައިދިނުމަށާއި، ކުއްލިއަކަށް ގެދޮރު ގެއްލުމުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ގަވާއިދަށް ގެނެވުނު ބަދަލާއެކު ސެން ފްރެންސިސްކޯގައި ކުއްޔަށް އުޅޭ ގިނަ ފަރާތްތަކަކަށް ބޮޑު ހަމަޖެހުމެއް ލިބިގެންދާނެ ކަމަށް ހައުސިންގ އޮތޯރިޓީން މައުލޫމާތުދެއެވެ.

89%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް