ads
ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން ތައިލެންޑުގައި ކުއްލި އިންޒާރެއް ނެރެފި
ފެންބޮޑުވުމުގެ ނުރައްކާ: ބޯކޮށް ވާރޭވެހި ތައިލެންޑުގެ 11 ސަރަހައްދަކަށް ކުއްލި އިންޒާރެއް ނެރެފި
ތައިލެންޑުގެ ފައްތަލުންގު ޕްރޮވިންސަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ކުއްލި އިންޒާރެއް ނެރެފިއެވެ. މި ކުއްލި އިންޒާރު ނެރެފައިވަނީ ތައިލެންޑުގެ ހައިޑްރޯ-އިންފޯމެޓިކްސް އިންސްޓިޓިއުޓުންނެވެ. ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެ ޕްރޮވިންސްގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވެ، އާންމު ހާލަތަށް ބުރޫއަރާފަވާކަމަށް ތައިލެންޑްގެ ކަމާއި ބެހޭ ފަރާތްތަކުން ރިޕޯޓްކޮށްފައިވެއެވެ.
Advertisement

ހައިޑްރޯ-އިންފޯމެޓިކްސް އިންސްޓިޓިއުޓުން މައުލޫމާތު ދޭ ގޮތުގައި، ކުއްލި ފެންބޮޑުވުމުގެ މި އިންޒާރު ނެރެފައިވަނީ ފައްތަލުންގު ޕްރޮވިންސްގެ ހުރިހާ 11 ޑިސްޓްރިކްޓަކަށެވެ. ބޯ ވާރޭގެ ސަބަބުން އެ ސަރަހައްދުގެ މަގުތަކުގައި ފެންބޮޑުވެ، ދަތުރުފަތުރުކުރުމަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައެވެ. އަދި އެ ސަރަޙައްދުގެ ކާނުތަކާއި ކޯރުތަކުގެ ފެންގަނޑު ބޭރުވެ، ވަށައިގެންވާ ބިންތަކަށް ފެން ބޮޑުވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

މި ފެންބޮޑުވުމާ ގުޅިގެން، ތިރި ސަރަޙައްދުތަކުގައި ދިރިއުޅޭ އާންމު ރައްޔިތުންނާއި އާއިލާތައް ވަނީ ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، މަތީ ހާލަތަކަށް ސަމާލުވެ ތިބުމަށް އަންގާފައެވެ. ކަމާބެހޭ އިދާރާތަކުން ދަނީ މި ހާލަތު މޮނީޓަރުކޮށް، ފެންބޮޑުވުމުގެ ސަބަބުން ލިބޭ މާއްދީ އަދި އެހެނިހެން ގެއްލުންތައް ކުޑަކުރުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް