ads
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ގީލާ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. ފޮޓޯ: މަޖިލިސް
ނަފުސާނީ ފަރުވާގެ ކެޕޭސިޓީ އިތުރުކޮށް، ކިޔޫ ސުމަކަށް ބަދަލުކުރެއްވިޖެ: ގީލާ
ނަފުސާނީ ބައްޔަށް ފަރުވާދޭ ކެޕޭސިޓީ އިތުރުކުރުމުގެ ސަބަބުން މިހާރު ކިޔޫ އެއްކޮށް ސުމަކަށް ބަދަލުކޮށްލެވިފައިވާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ރައްޔިތުންގެ މަޖިލީހުގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޤީލާ ވިދާޅުވީ، ޚިދުމަތް ފޯރުކޮށްދިނުމުގެ ޤާބިލުކަން އިތުރުކުރުމާ އެކު، ކިޔޫގައި ތިބި މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގައި ނަފްސާނީ ފަރުވާ ހޯދުމަކީ ޒަމާނުއްސުރެ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމެކެވެ. ޚާއްސަކޮށް އައިޖީއެމްއެޗްގައި ހިންގާ ނެޝަނަލް މެންޓަލް ހެލްތު ސެންޓަރުން އެޕޮއިންޓްމަންޓް ލިބުން ލަސްވުމާއި، ޑޮކްޓަރުން ލިޔެދޭ ބޭސް ލިބުމުގައި ހުރި ދަތިތަކާއި، ތެރަޕީތަކުގެ އަގުބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކު އަމިއްލަ ޚަރަދުގައި ރާއްޖޭން ބޭރަށް ގޮސްގެން ވެސް ފަރުވާ ހޯދަން ޖެހެއެވެ.

ނަފުސާނީ ބަލިތަކަށް ފަރުވާ ދިނުމަށް ޚާއްސަކޮށް ހުޅުމާލޭގައި 50 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކުރުމަށް މި ސަރުކާރުން ވަނީ ނިންމައިފައެވެ. އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިދިޔަ ސެޕްޓެންބަރު މަހު އިއުލާނުކުރުމަށް ފަހު، ބިޑް ސެކިއުރިޓީގެ އަދަދު އިތުރުކޮށް ބީލަން ހުށަހެޅުމުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ. މި ހޮސްޕިޓަލަށް ހުޅުމާލެއިން 10,000 އަކަފޫޓުގެ ބިމެއް ހަމަޖައްސާފައިވާ ކަމަށް ވެސް މިނިސްޓަރު މީގެކުރިން ވަނީ ހާމަކުރައްވައިފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ބޭރުގެ ލޯނު އެހީ ލިބުން ދިގުލައިގެން ދިއުމާ ގުޅިގެން، ސީދާ ދައުލަތުގެ ބަޖެޓުން މި ހޮސްޕިޓަލު އެޅުމަށް ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވައިފައެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް